
ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މުޙައްމަދު ފަޟްލޫން - 22 ސެޕްޓެމްބަރު 2026 - 08:24
ދިވެހިރާއްޖެއަށް ގަވާއިދާ ހިލާފަށް ވޭޕް އެތެރެކޮށް، އޭގެ ވިޔަފާރިކުރުމުގެ އިތުރުން މަނީ ލޯންޑަރިންގގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކަކާއި ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ބުނީ އިއްޔެ ހިންގި މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު އިތުބާރުހުރި މަޢުލޫމާތަކާ ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ.
މި އޮޕަރޭޝަންގެ ތެރެއިން މަގުމަތިން ދިވެހި ދެ ފިރިހެނުން ހުއްޓުވައި ސުވާލުކޮށްފައިވާއިރު، އެމީހުން ދުއްވި ސައިކަލުގެ އިތުރުން އެމީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ އަމާން އުދަރެސް އެޕާޓްމަންޓް ވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައެވެ.
މި ބަލައި ފާސްކުރުމުގެ ތެރޭގައި 156 ވޭޕް ކާޓްރިޖާއި، ނެނޯ ސްޓިކްތަކެއްގެ އިތުރުން، ކުށް ކޮށްގެން ހޯދާފައިވާ ކަމަށް ޝައްކުކުރެވޭ 6،000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ވޭޕް ރާއްޖެ އެތެރެކުރުމާއި ބޭނުން ކުރުމާއި ވިއްކުން ސަރުކާރުން ވަނީ މަނާކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބްރިޖުގައި ބޯޓުތައް ޖެހުނު މައްސަލަ: ކަސްޓަމްސްގެ އިހުމާލެއް އޮތްތޯ އެންއައިސީން ބަލަން ފަށައިފި
ގަޑިއިރެއް ކުރިން

ނައިބު ރައީސް، އދ.ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި
ގަޑިއިރެއް ކުރިން

ސްކޭމްތަކުގައި ވޭތުވެދިޔަ ހަފުތާގައި 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ގެއްލިއްޖެ
ގަޑިއިރެއް ކުރިން
މިފްކޯ އިން މަސް ގަންނަ އަގު ކިލޯއަކަށް 22 ރުފިޔާއަށް ބޮޑުކޮށްފި
ގަޑިއިރެއް ކުރިން


