logo
ވައިރަލް ހުން ޖެހިގެން މީހުން ޑޮކްޓަރަށް ދައްކަނީ

ވައިރަލް ހުން ޖެހިގެން މީހުން ޑޮކްޓަރަށް ދައްކަނީ

ވައިރަލް ހުން، ލޮލުރޯގާ، ފާނަބަސަންދު ޖެހިގެން ރިޕޯޓުކުރި އަދަދު އިތުރުވެއްޖެ

profile

ޔޫޝައު ހަސަން - 13 އޭޕްރީލު 2023 - 07:09

ފާއިތުވި މާޗް މަހުގައި ވައިރަލް ހުމާއި ލޮލު ރޯގާ އަދި ފާނަބަސަންދު ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފެބްރުއަރީ މަހާ އަޅައި ބަލާއި މާޗް މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. މާޗް މަހު 169 މީހަކަށް ޑެންގޫ ހުން ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ.

މިދިޔަ މަހު އަރިދަފުސް ރޯގާ ޖެހިގެން 37969 މީހަކު ވަނީ ރިޕޯޓްކޮށްފަ އެވެ. މިއީ ފެބްރުއަރީ މަހާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ. ފެބްރުއަރީ މަހުގައި ރިޕޯޓްކޮށްފައިވަނީ 30628 މީހުންނެވެ.

މާޗް މަހުގައި އިންފްލުއެންޒާ އަށް 458 މީހަކު ޓެސްޓު ކުރެވުނު ކަމަށް މިނިސްޓްރީއިން ބުނެ އެވެ. އޭގެ ތެރެއިން ޕޮޒިޓިވްވީ 62 މީހުން ކަމަށެވެ.

މި އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު މާޗް މަހުގައި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކުރެވުނު އަދަދު ދަށަށް ގޮސްފައިވާ ކަމަށް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާއިރު ފެބްރުއަރީ މަހުގައި ބޭރަށް ހިންގުމުގެ 4357 ކޭސް ރިޕޯޓްކޮށްފައިވާއި މާޗް މަހު ރިޕޯޓްކޮށްފައިވަނީ 4042 ކޭހެވެ.

މިނިސްޓްރީއިން ބުނީ މާޗް މަހު ވައިރަލްހުން ލޮލުރޯގާ އަދި ފާނުބަސަންދު އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް ބޭރަށް ހިންގުން އަދި ހޭންޑް ފުޑް އެންޑް މައުތު ޑިޒީސް ފަދަ ބަލިތައް އާންމުކޮށް އުޅޭ މިންވަރަށްވުރެ އިތުރުވެފައިނުވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މި ފަހަކަށް އައިސް ކޮވިޑް 19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު މި ބައްޔާމެދު ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay