
ޔޫސީއެލްޖީ އެސްޕެކްގެ ހަވާސާ ބައްދަލުވުމުގައި މާލޭގެ މޭޔަރު އާދަމް އާޒިމް، ފޮޓޯ: މާލެ ސިޓީ ކައުންސިލް
ޔޫސީއެލްޖީ އެސްޕެކްގެ ހަވާސާ ބައްދަލުވުމުގައި މާލޭގެ މޭޔަރު ބައިވެރިވެވަޑައިގެންފި

އާމިނަތު ޝަޒްލާ - 30 އޮކްޓޯބަރު 2026 - 08:58
ޗައިނާގެ ހައިކޯގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ސިޓީސް އެންޑް ލޯކަލް ގަވަރްމަންޓްސް އޭޝިއާ-ޕެސިފިކް (ޔޫސީއެލްޖީ އެސްޕެކް) ކައުންސިލް ބައްދަލުވުމުގެ ހަވާސާގައި ބޭއްވި މުހިންމު ބައްދަލުވުމެއްގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންފިއެވެ.
މާލެ ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، މޭޔަރު ބައިވެރިވެވަޑައިގެންނެވީ މި ބައްދަލުވުމުގެ ހަވާސާގައި ބޭއްވުނު ހިއުމަނިޓޭރިއަން-ޑިވެލޮޕްމަންޓް-ޕީސް (އެޗްޑީޕީ) ނެކްސަސް ކޮމިޓީގެ 7 ވަނަ ބައްދަލުވުމުގައެވެ.
މި ކޮމިޓީއަކީ އިންސާނީ އެހީތެރިކަމުގެ ގޮންޖެހުންތަކަށް އެކަށީގެންވާ ހައްލުތައް ހޯދުމަށާއި، ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމުގެ އިތުރުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ލޯކަލް ގަވަރްމަންޓްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް އެކުލަވާލާފައިވާ މުހިންމު މަންސައެކެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ސަރަޙައްދީ ބައިވެރިވުން އިތުރުކުރުމާއި، އެކި ސިޓީތަކުގެ މެދުގައި ތަޖުރިބާ ހިއްސާކުރުމާ ގުޅޭގޮތުންނެވެ. އަދި ސިޓީތަކަށް ކުރިމަތިވާ އެކި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ލޯކަލް ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަރުދަނާކޮށް ކުރިއަށް ގެންދާނެ ގޮތްތަކާމެދުވެސް ފުޅާ ދާއިރާއެއްގައި ވަނީ ޚިޔާލު ބަދަލުކުރެވިފައެވެ.
މި ބައްދަލުވުމުގެ މުހިންމު ނިންމުމެއްގެ ގޮތުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ މަސްނޫޢީ ފަންނިއްޔާތުގެ ދާއިރާއިން ބައިނަލްއަޤްވާމީ ގޮތުން ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގުޅިފައިވާ ބަޔާނެއް ވަނީ ފާސްކޮށްފައެވެ. މި ބަޔާނުގައި އޭޝިއާ-ޕެސިފިކް ސަރަޙައްދުގެ ލޯކަލް ގަވަރްމަންޓްތަކުގެ މެދުގައި އީޖާދީ ފަންނިއްޔާތު ބޭނުންކުރުމާއި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.
ޔޫސީއެލްޖީ އެސްޕެކަކީ އޭޝިއާ އަދި ޕެސިފިކް ސަރަޙައްދުގެ ލޯކަލް ސަރުކާރުތަކާއި ސިޓީތައް ތަމްސީލުކުރާ އެންމެ ބޮޑު ޖަމްޢިއްޔާއެވެ. މި ޖަމްޢިއްޔާ މެދުވެރިކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިމާވާ މޫސުމީ، އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮންޖެހުންތަކުން އަރައިގަތުމަށް ސިޓީތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ސިޔާސަތުތައް އެކަށައެޅުމުގައި އެހީތެރިކަން ފޯރުކޮށްދެއެވެ.
މޭޔަރު އާދަމް އާޒިމް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަކީ، ސަރަޙައްދީ ގުޅުންތައް ވަރުގަދަކުރުމަށާއި، ޒަމާނީ އަދި އީޖާދީ ހައްލުތައް ބަލައިގަނެ، ދެމެހެއްޓެނިވި ގޮތެއްގައި މާލެ ސިޓީ ތަރައްޤީކުރުމަށް މާލެ ސިޓީ ކައުންސިލުން އަދި ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަން ހާމަވެގެންދިޔަ މުހިންމު ކަމެކެވެ.
ގުޅުން ހުރި ޙަބަރުތައް

ދަތުރުދާއިރު ފޮށި ބަންދުކުރުމަށް ފަސޭހަ އަދި މުހިންމު އިރުޝާދުތަކެއް
32 މިނިޓު ކުރިން

ރޭޕް ކޭސް: ހައްޔަރުކުރި އެކަކު ޝަރީއަތް ނިމެންދެން ބަންދުކުރުމާ އެކު އިތުރު ބައެއްގެ ބަންދު އިތުރުކޮށްފި
32 މިނިޓު ކުރިން

ޓްރިވެންޑްރަމަށް ބޭހަށް ގޮސް އުޅެނިކޮށް ގެއްލުނު އަލީ އިބްރާހިމް ފެނިއްޖެ
ގަޑިއިރެއް ކުރިން
.jpeg&w=3840&q=75)
ވާހަކަ - ބަދުނާމު ( އެޕިސޯޑް 3 )
ގަޑިއިރެއް ކުރިން


