logo
ޓްރިވެންޑްރަމަށް ބޭހަށް ގޮސް އުޅެނިކޮށް ގެއްލުނު އަލީ އިބްރާހިމް

ޓްރިވެންޑްރަމަށް ބޭހަށް ގޮސް އުޅެނިކޮށް ގެއްލުނު އަލީ އިބްރާހިމް

ޓްރިވެންޑްރަމަށް ބޭހަށް ގޮސް އުޅެނިކޮށް ގެއްލުނު އަލީ އިބްރާހިމް ފެނިއްޖެ

profile

އާމިނަތު ޝަޒްލާ - 30 އޮކްޓޯބަރު 2026 - 08:45

ބޭސްފަރުވާއަށް އިންޑިއާގެ ޓްރިވެންޑްރަމަށް ގޮސް އުޅެނިކޮށް އިއްޔެ ފަތިހު ގެއްލުނު ދިވެއްސަކު، ހޯދަމުން ދަނިކޮށް މިއަދު ފެނިއްޖެ އެވެ.

https://wamco.com.mv/

ގެއްލިގެން ހޯދަމުން ދަނިކޮށް މިއަދު ފެނިފައިވަނީ ރ. މީދޫ، އަލީ އިބްރާހިމެވެ. އޭނާ ފެނުނުއިރު ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެ އެވެ.

މިކަމުގެ މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި، އިއްޔެގެ ފަތިހު ހިނގަން ނުކުތް ގޮތަށް ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ އަލީ އިބްރާހިމް ފެނިފައިވަނީ މަގުމަތީގައި އިށީނދެ އިންދަ އެވެ. އަދި އޭނާ މަގުމަތީގައި އިށީނދެ އިނީ މަގު އޮޅިގެން، އެނބުރި ދާނެ މަގު ނޭނގިގެން ކަމަށްވެސް އެނގިފައިވެ އެވެ.

ގެއްލުނުތާ 24 ގަޑިއިރަށް ވުރެ ގިނައިރު ފަހުން އޭނާ ފެނިފައިވާއިރު، އޭނާގެ ދަރިފުޅު ކުރިން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި ބައްޕަ ގެއްލުނީ ކަސްރަތަށް ހިނގަން ފަތިހު ނުކުމެ އުޅެނިކޮށެވެ. އޭނާ ބުނި ގޮތުގައި އިއްޔެ ފަތިހު 5:30 ހާއިރު ބައްޕަ ނުކުތް ގޮތަށް ގެއަށް އަނބުރާ ނައިސް ލަސްވާން ފެށުމުން، އާއިލާއިން އޭނާ ހޯދުމުގެ މަސައްކަތް ފެށީ ހެނދުނު 9:00 ހާއިރު އެވެ.

އަލީ އިބްރާހިމް ސަލާމަތްތެރިކަމާއެކު ފެނުމާ ގުޅިގެން، އޭނާގެ އާއިލާއަށް މިހާރު ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ.

https://wamco.com.mv/
tel:+9607331319