logo

ކުޅުދުއްފުށީ ފަޅު ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

profile

ޝުރުފާ މުހަންމަދު - 11 ސެޕްޓެމްބަރު 2024 - 09:57

ކުޅުދުއްފުށި އާ ބަނދަރު: ފޮޓޯ އައްޑަބިޔާ އެފްބީ ޕޭޖް

ކުޅުދުއްފުށި އާ ބަނދަރު: ފޮޓޯ އައްޑަބިޔާ އެފްބީ ޕޭޖް

ކުޅުދުއްފުށި ސިޓީގެ ފަޅު ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ވަނީ މީޑިއާތަކަށް މިކަން ކަށަވަރުކޮށްދީފަ އެވެ. އެކަމަކު މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

“އަސްލުޓީވީ” އަށް އެނގިފައިވާ ގޮތުގައި، ފަޅު ތެރެއިން އެމީހާ ފެނުނީ މިއަދު ހެނދުނު 8 ޖަހާކަން ހާއިރު އެވެ. އެ މީހާ ފެނުނީ އެ ސަރަހައްދުގައި އުޅުނު އާންމުންނަށެވެ.

އެ މަންޒަރު ފެންނަ ބައެއް ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، ކަޅު ޓީޝާޓެއް ލައިގެން ހުރި އެ ފިރިހެން މީހާ ފަޅު ތެރެއިން ނެގި އިރު ވެސް އޭނާ އޮތީ ހަބަރު ހުސްވެފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެ ރަށު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފަ އެއް ނުވެ އެވެ.

tel:+9607331319