logo

ވިއްސާރާގައި ކުޅުދުއްފުށީ ގެއެއްގެ ފުރާޅު އެއްލާލައިފި

profile

އަހުމަދު ޒަލީފު - 28 މޭ 2024 - 16:14

ވިއްސާރައިގައި ކުޅުދުއްފުށީ ގެއެއްގެ ފުރާޅު އެއްލާލުން

ވިއްސާރައިގައި ކުޅުދުއްފުށީ ގެއެއްގެ ފުރާޅު އެއްލާލުން

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ.ކުޅުދުއްފުށީ ސިޓީ، ގެއެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށިީ ފަޔަރ ސްޓޭޝަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު 11:00 ހާއިރު ވިއްސާރައާއެކު އައި ގަދަ ކޮޅިގަނޑުގައި ވަޔާ އެއްލާލާފައިވަނީ އެ ސިޓީގެ "ޖަވާހިރުމާގޭ" ގެ ފުރާޅު ކަމަށެވެ.

އެ ގޭގެ ފުރާޅު މަގުމައްޗަށް އެއްލާލުމުން އެ ފުރާޅު މަގުމަތިން އެއްފަރާތްކުރުމާއި ފުރާޅު ހަރުކުރުމުގައި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑު، ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެ އެވެ.

tel:+9607331319