logo

ކުޅުދުއްފުށީ ކޮންމެ ސްކޫލަކަށް އެއް ލައްކަ ރުފިޔާ ދީފި

profile

އަހުމަދު ޒަލީފު - 15 މޭ 2024 - 23:54

---

---

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގައި ސަރުކާރުން ހިންގާ ތިން ސްކޫލަކަށް އެއް ލައްކަ ރުފިޔާ ދީފި އެވެ.

އެ ތިން ސްކޫލަކީ އަތޮޅު ތައުލީމީ މަރުކަޒު، އަފީފުއްދީން ސްކޫލް އަދި ޖަލާލުއްދީން ސްކޫލެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ މިއީ އެ ރަށުގެ ސަރުކާރު ތިން ސްކޫލަށް މި އަހަރު ދިނުމަށް ކަނޑައަޅާފައިވާ "ސްކޫލް ގްރާންޓް" ގެ ދަށުން ދިން އެހީއެއް ކަމަށެވެ.

އެގޮތުން އެ ގްރާންޓަށް ހުޅުވާލުމުން ސުކޫލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ހިމެނޭކަންކަން ހާސިލް ކުރުމަށް ކޮންމެ ސުކޫލަކަށް 100،000ރ. ލިބިގެންދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ސްކޫލް ގްރާންޓް ތާރަފްކުރުމުގެ މައިގަނޑު މަގްސަދަކީ ކުޅުދުއްފުށީގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސުކޫލްތަކުގެ ވަސީލަތްތައް ތަރައްޤީކުރުމާއި، ދަރިވަރުންގެ ކުރިއެރުމަށް ސްކޫލްތަކުން ހިންގަމުންއަންނަ ހަރަކާތްތަކަށް އެހީތެރިވުމާއި، ސްކޫލްތަކުގެ ޕީ.ޓީ.އޭ އިން ސްކޫލްގެ ތަރައްޤީއަށް ފަންޑް ހޯދުމަށް ކުރަމުންއަންނަ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ކައުންސިލުުން ބުނެ އެވެ.

މި ގްރާންޓްގެ ދަށުން 2022 ވަނަ އަހަރުވެސް އެ ރަށުގެ ކޮންމެ ސްކޫލަކަށް ކައުންސިލްގެ ފަރާތުން 50،000ރ. ވަނީ ދޫކޮށްފަ އެވެ.

tel:+9607331319