ދިވެހި އަންހެނަކު ބިދޭސީ އެއްގެ އަތުން ފޭރުނު މައްސަލައެއް ފެންމަތި ވެއްޖެ އެވެ.
ފުލުހުން ބުނީ ދިވެހި އަންހެނަކު ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެއްގެ ވޮލެޓު ފޭރުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ހުށަހެޅީ މިއަދު ހަވީރު ކުޅުދުއްފުށި ސިޓީން ކަމަށް ވެސް ބުނެފައިވެ އެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލާގައި އެ އަންހެން މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެކަމަކު އެ އަންހެން މީހާ އާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.