logo

މިހާރު މިއޮންނަ ނިޒާމުން ސައްހަކަން ކަށަވަރުވާނެ: ފުއާދު

profile

އާމިނަތު ޝަފާ - 25 އޯގަސްޓު 2024 - 19:33

ފުއާދު ތައުފީގް

ފުއާދު ތައުފީގް

2018 އަހަރު އަމަލުކުރަންފެށުނު ފެހި ގާނޫނު އަސާސީގެ ދަށުން ވޯޓުގެ ސައްހަކަން އިތުރަށް ޔަގީންވެގެންދިޔަކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ފުއާދު ވިދާޅުވީ ވޯޓަކީ ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމަށް ކޮންމެ ޑިމޮކްރަސީއެއްގައިވެސް މުހިންމު އެއްޗެއްކަމަށެވެ.

1932 ވަނަ އަހަރުން ފެށިގެން ވޯޓުލުމުގެ ކަންކަން ރާއްޖޭގައި ހިނގާކަަމަށާއި 2008 ވަނަ އަހަރު ފާސްކުރެވުނު އައު ގާނޫނު އަސާސީގެ ސަބަބުން ވޯޓުގެ ސައްހަކަން ކަށަވަރުވެގެންދިޔަކަމަށް ފުއާދު ވިދާޅުވިއެވެ.

މިނިވަން ދިމިގުރާތީ ނިޒާމެއްގެ އެންމެ މުހިންމު އެއް އަސާސަކީ ރައްޔިތުންގެ ބާރުކަމަށްވާއިރު މި ބާރުގެ ބޭނުން ރައްޔިތުން އެންމެ ބޮޑަށް ހިފަނީ ވޯޓުލުމުގައެވެ. މިއަދު ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރާއިރު މިދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "ބާރަކީ ފާހަގަ" މިއެވެ. ފުއާދު ވަނީ 2018 ވަނަ އަހަރު ފާސްކުރެވުނު އައު ގާނޫނު އަސާސީގައި ރައްޔިތުންނަށް ލިބިފައިވާ ވޯޓުލުމުގެ ބާރުތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައިވެއެވެ.

" މިހާރު މިއޮންނަ ނިޒާމުން އެއްވެސް މީހަކަށް ޝައްކު އުފެދޭނެ ހާލަތެއް ނާންނާނެ.

ވޯޓުލާ މީހުންގެ އަދަދު މަދުވަމުން އަންނަކަން ފާހަގަކުރައްވައި ފުއާދު ވިދާޅުވީ ރާއްޖެއިން ބޭރުގައި ވޯޓުލާ މީހުންނަށް ދަތިތަކާ ކުރިމަތިވާކަން ކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އޭގެ އިތުރަށް ފާހަގަކުރެވުނު ކަންކަންވެސް ފުއާދު ވިދާޅުވެދެއްވިއެވެ.

"ބައެއް މީހުން ބުނޭ ކެންޑިޑޭޓުން ކަމުނުދަނީއޭ. އެކަމަކާ ކުރާނެކަމެއް އަޅުގަނޑުމެންގެ ނޯންނާނެ.ސިޔާސީ ޕާޓީތަކުން އެކަމަށް ފާރަވެރިވާންޖެހޭ.

މިކަން ހައްލުކުރުމަށް އޮތް ހައްލަކީ ދެ އިންތިހާބު އެއްކޮށްލުންކަމަށް ފުއާދު ދެކިވަޑައިގެންނަވައެވެ.

ފުއާދުވަނީ ވޯޓުލާ ދުވަހެއް ފާހަގަކުރަނީ އެމީހަކު ބޭނުން މީހަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށް ބާރުއެޅުމަށްކަމަށްވީއިރު ވޯޓުލުމަށް ބާރުއަޅުއްވާފައެވެ.

ދިވެހިން ފުރިހަމަ މިނިވަންކަމާއެކު ހޮވާ ވަލީޔުލްއަމްރުގެ މަގާމާއި މަޖިލީހަށް ހޮވާ މެންބަރުންނާއި ކައުންސިލަރުން ހޮވަނީ ރައްޔިތުންގެ ބާރާއެކުގައެވެ.

މިއަދު އެދުވަސް ފާހަގަކުރަމުންދާއިރު އިލެކްޝަންސް ކޮމިޝަނުން ދަނީ ރައްޔިތުންނަށް ލިބިފައިވާ ބާރުގެ ބޭނުން ކުރުމާއި މެދު ހޭލުންތެރިކުރުމަށް މަސައްކަތް ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319