logo

19 ކެންޑިޑޭޓުންނަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

profile

އާމިނަތު ޝަފާ - 29 އޯގަސްޓު 2024 - 15:44

އީސީގެ ރައީސް ފުޢާދު

އީސީގެ ރައީސް ފުޢާދު

20 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ ތެރެއިން 19 މީހަކަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

މިކަމާ ގުޅިގެން އަސްލުޓީވީއަށް ދިން މައުލޫމާތުގައިވާގޮތުން ދައުވާކުރަން ފޮނުވީ 19 ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންގެ މަންދޫބުންގެ މައްޗަށެވެ.

20 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން މުއްދަތު ހަމަވީއިރު މާލީ ބަޔާން ހުށަނާޅާކަމަށް އޭރު ކޮމިޝަނުން ބުނީ އެމްޑީޕީގެ 11 ކެންޑިޑޭޓަކާއި، އަމިއްލަ ގޮތުން ވާދަކުރެއްވި 11 ކެންޑިޑޭޓަކާއި، ޕީއެންސީގެ 5 ކެންޑިޑޭޓަކާއި، ޑިމޮކްރެޓްސްގެ 3 ކެންޑިޑޭޓަކާއި އެމްޑީއޭގެ ކެންޑިޑޭޓަކާއި ޖޭޕީގެ ކެންޑިޑޭޓެއްގެއެވެ. ނަމަވެސް މިހާރު އަދަދުވަނީ 19 އަށް ދަށްވެފައެވެ.

މާލީ ބަޔާން ހުށަނާޅައިފިނަމަ އެ ކެންޑިޑޭޓެއްގެ އަދަބަކީ 1 އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުން ނުވަތަ 72،000 ރުފިޔާއިން ޖޫރިމަނާކުރުމެވެ.

މާލީ ބަޔާނުގައި ހިމަނަންޖެހޭ މަޢުލޫމާތު ތަކަކީ ފައިސާއާއި މުދާ ހިމެނޭގޮތުން، އިންތިޚާބާ ގުޅިގެން ކެންޑިޑޭޓް ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލު، އިންތިޚާބުގައި ކެންޑިޑޭޓަށް ތާއީދު ހޯދުމަށްޓަކައި ކޮށްފައިވާ ޚަރަދުތައް ވަކިން އެނގޭގޮތަށް އެ ޚަރަދުތަކުގެ ތަފްޞީލު، އިންތިޚާބަށް ޚަރަދު ކުރުމަށްޓަކައި ފައިސާ ހޯދިގޮތުގެ ތަފްޞީލުތަކެވެ. މީގެ އިތުރުން އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާ އާއި ތަކެތި ދިން ފަރާތްތަކާއި އެފަރާތްތަކުން ދިން މިންވަރުގެ ތަފްޞީލު، ބޭންކް އެކައުންޓުން ކޮށްފައިވާ އެންމެހައި މުޢާމަލާތްތައް އަންގައިދޭ ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓް އަދި ކެންޑިޑޭޓުން ހުށަހަޅާ މަޢުލޫމާތާއި ތަކެއްޗަކީ ޞައްޙަ މަޢުލޫމާތާއި ތަކެތިކަމަށް އަންގައިދިނުމަށްޓަކައި އެ މަޢުލޫމާތަކާގުޅޭ ފައިސާގެ ރަސީދު، އިންވޮއިސް، ބިލް އަދި މިފަދަ އެންމެހައި ލިޔެކިޔުމާއި ތަކެތި ހުށަހަޅާ މަޢުލޫމާތާއި ތަކެއްޗާއެކު ހުށަހެޅުން ހިމެނެއެވެ. މީގެ އިތުރުން ކެންޑިޑޭޓުން ހުށަހަޅާ މަޢުލޫމާތާއި ތަކެއްޗަކީ ޞައްޙަ މަޢުލޫމާތާއި ތަކެތި ކަމަށް އެނގޭގޮތަށް ތައްޔާރުކޮށްފައިވާ އިޤްރާރުގައި ކެންޑިޑޭޓާއި އެ ކެންޑިޑޭޓުގެ ރަސްމީ އިންތިޚާބީ އޭޖެންޓް ސޮއިކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ މަޢުލޫމާތާއި ތަކެއްޗާއެކު ހުށަހަޅަންވާނެކަމަށް ކޮމިޝަނުން ބުނެއެވެ.

ކެންޑިޑޭޓުން ހުށަހަޅާ މަޢުލޫމާތާއި ތަކެތި ޢާންމުކޮށް ބެލޭނެހެން އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިޢު ކުރާނެއެވެ.

https://wamco.com.mv/
tel:+9607331319