logo

ލޮނުފެނުން މަސްފިނިކުރާ ނިޒާމާބެހޭ މައުލޫމާތު ދިނުމަށް މިނިސްޓްރީގެ ޓީމުތައް އަތޮޅުތެރެއަށް

profile

ޝާމާ ޝުޢައިބު - 18 އޮކްޓޯބަރު 2024 - 18:35

ދިވެހި މަސްވެރިން

ދިވެހި މަސްވެރިން

މަސްދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު (އާރްއެސްޑަބްލިޔު) ނިޒާމު ގާއިމްކުމުގެ މަޝްރޫއާ ގުޅޭ ގޮތުން މަސްވެރިންނާއި ކައުންސިލްތަކަށް މައުލޫމާތު ދިނުމަށް މަސްވެރިކަމާ ބެހޭ މިނިސްޓްރީން އަތޮޅުތެރެއަށް ފުރައިފިއެވެ.

މިނިސްޓްރީން ބުނީ އެ ފެސިލިޓީއަށް ހުށަހެޅުމަށް ބޭނުންވާ އޮޑިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓްރީގެ ޓީމްތައް ރާއްޖޭގެ ބައެއް އަތޮޅުތަކަށް މިހާރު ފުރާފައިވާ ކަމަށެވެ.

އެސްޑީއެފްސީއާއި މަސްވެރި ވުޒާރާގެ ޓީމްތައް މި ހަފްތާގައި ހަރަކާތްތެރިވާނީ ތ. ހިރިލަންދޫ، ވޭމަންޑޫ، ޅ. ނައިފަރު, ށ. ކޮމަންޑޫ އަދި ހއ. އިހަވަންދޫގައެވެ.

މި އަތޮޅުތަކުގައި މަސްވެރިކަންކުރާ 100 ވަރަކަށް ދޯނި ހަރަކާތްތެރިވާއިރު އޭގެތެރެއިން 70 ދޯނީގައި ވަނީ އާރްއެސްޑަބްލިޔު ސިސްޓަމް ހަރުކޮށްފައި ކަމަށާ އެ ސިސްޓަމް ހަރުނުކުރަނީ 30 ވަރަކަށް ދޯނީގައި ކަމަށް މިނިސްޓްރީން ބުނެއެވެ.

އެ ހަތަރު އަތޮޅުގައި ދުވާލަކަށް 450 ޓަނުގެ އައިސް އުފެއްދޭ 12 ޕްލާންޓެއް ހުރިނަމަވެސް މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި ދޯނިތަކަށް އެކަށީގެންވާ އައިސް ފޯރުކޮށް ނުދެވޭކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ހުވަދޫގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ 160 ދޯނި އޮތްއިރު، ހުވަދޫއަށްވެސް މަސްވެރިކަަން ރަނގަޅު ދުވަސްވަރެއްގައި އައިސްގެ ދަތިކަން ކުރިމަތިވާ ކަމަށެވެ.

މަސް ބޭނުމަށް ފަހު މަހުގެ ޓެމްޕަރޭޗާ ދަށްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކަން ކުރެވޭނީ މަސް ފިނިކޮށްގެނެވެ.

އެހެންކަމުން މަހުގެ ތާޒާކަން ދެމެހެއްޓުމަށް އާރްއެސްޑަބްލިޔު ސިސްޓަމް ދޯނީގައި ހަރުކުރުމަކީ މުހިންމު ކަމެކެވެ. އަދި އެކަމުގެ ސަބަބުން އައިސް ހޯދަން ދުއްވާ ދުއްވުން މަދުވެ ފަސޭހައިން އައިސް ލިބި، މަހުގެ ތާޒާކަން ދެމެހެއްޓޭނެއެވެ.

https://wamco.com.mv/
tel:+9607331319