logo

ތަސްލީމް ގެއްލުން: ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލާ

profile

އައިޝަތު އިނާޝާ - 22 ސެޕްޓެމްބަރު 2024 - 22:12

ގެއްލިގެން ހޯދަމުން އަންނަ ތަސްލީމް މުހަންމަދު--

ގެއްލިގެން ހޯދަމުން އަންނަ ތަސްލީމް މުހަންމަދު--

ކ. ހުވަފެންފުށީ ކައިރީގައި އޮތް ފިނޮޅަކަށް ދަތުރުގޮސް އުޅެނިކޮށް ގެއްލުނު ތަސްލީމް މުހަންމަދު 43، ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާ ކަމަށް ފުލުހުންބުނެފިއެވެ.

25 މީހުންނާއި ދެ ކުޑަކުދިން ހިމެނޭ ގްރޫޕަކާއެކު ތަސްލީމު ހުވަފެންފުށި ކައިރީގައި އޮތް ފިނޮޅަކަށް ދަތުރުގޮސްފައިވަނީ އޮަގަސްޓް 29 ވަނަ ދުވަހުއެވެ. ތަސްލީމް ގެއްލުނު ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އޮގަސްޓް 30 ވަނަ ދުވަހުގެ މެންދުރު 1:20 ހާއިރުއެވެ.

ފުލުހުން ތަސްލީމް ހޯދުމުގެ މަސައްކަތް ފެށީ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުއެވެ. ފުލުހުން ބުނިގޮތުގައި އެ ދަތުރަކީ އުފަންދުވަހެއް ފާހަގަކުރުމަށާއި، އެންގޭޖްމަންޓް ޕާޓީއެއް ބޭއްވުމަށްޓަކާ ދިޔަ ދަތުރެކެވެ. މި ދަތުރުގައި ތަސްލީމް ބައިވެރިވެފައިވަނީ ދަތުރު ރޭވި މީހުންގެ ރައްޓެހި ރަހުމަތްތެރިކަމުގައި ޕާޓީއަށް ތައްޔާރުކުރާ ބެކްޑްރޮޕް އަދި ލައިޓިންގެ ކަރަންޓުގެ މަސައްކަތް ކުރުމަށްކަމަށެވެ.

އަސްލު ޓީވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ތަސްލީމު ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓުމެއްނެތި ކުރިޔަށް ދާކަމަށާއި ނަމަވެސް ތަސްލީއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން މީގެ ކުރިން ފުލުހުން ބުނެފައިވަނީ ތަސްލީމް ހޯދުމަށްޓަކައި މެރިން ޕޮލިސްއާއި ފުލުހުންނާއި ކޯސްޓްގާޑުގެ ޑައިވް ޓީމްތަކުން އެ ފިނޮޅު ހިމެނޭ މޫދު ސަރަޙައްދުގެ 943،998 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައިވާކަމަށެވެ.

ފުލުހުން ބުނީ ތަސްލީމް ހިމެނޭ ޤުރޫޕް ދަތުރު ދިޔައިރު އެތަނުގައި އިތުރު ބަޔަކު ތިބި ކަމަށާއި މިދިޔަ މަހުގެ 29 ވަނަ ދުވަހު ރޭގަނޑު 00:00އާ ހަމައަށް ތަސްލީމް އެދަތުރުގެ ބައިވެރިންނާއެކު ހަރަކާތްތެރިވެފައިވާކަމަށެވެ. އަދި އޭގެ ފަހުންވެސް ޓެންޓް ޖަހާފައި ހުރި ސަރަހައްދުގައި އޭނާ ނިދާފައި އޮތްކަމަށް ތަޙްޤީގަށް ހާމަވާކަމަށެވެ.

ފުލުހުން ބުނީ އޮގަސްޓު 30 ވަނަ ދުވަހުގެ ހެނދުނު ވެސް ތަސްލީމް ދަތުރުގެ ބައިވެރިންނާއެކު ހަރަކާތްތެރިވާ ފޮޓޯ އަދި ވީޑިއޯވެސް ލިބިފައިވާކަމަށެވެ. ނަމަވެސް އޭނާ އެންމެ ފަހުން ފެނިފައިވަނީ އެދުވަހުގެ ހެނދުނު 7:45 އާއި 9:00 ދެމެދުގައިކަމަށް ފުލުހުން ބުނިއެވެ.

އޭނާ އަވަހަށް މާލެ ދާން ބޭނުންވުމުން އެދުވަހު ހެނދުނު 10:00އާއި 11:00 އާ ދެމެދު ފުރި ލޯންޗުގައި ތަސްލީމް މާލެ ފޮނުވާލުމަށް ބެލިއިރު، އޭނާ ފެނިފައި ނުވާކަމަށް ފުލުހުން ބުނިއެވެ. ފުލުހުން ބުނީ އޭނާ އެހެން ލޯންޗެއްގައި ވެސް މާލެ ގޮސްފައިނުވާކަން ތަހުގީގަށް ހާމަވެފައިވާކަމަށެވެ.

ތަސްލީމު ހޯދުމަށްޓަކައި އޭނާ އާއެކު ފިނޮޅަށް ދަތުރުދިޔަ މީހުންގެ އިތުރުން އެތަނަށް ދަތުރުދިޔަ އެހެން ގުރޫޕެއްގައި ހިމެނޭ 12 މީހުންނާވެސް ސުވާލު ކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި، ތަހުގީގުގެ ބޭނުމަށް ތަސްލީމުގެ ފޯނާއި ލެޕްޓޮޕު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުލީލު ކުރަމުންދާކަމަށްވެސް ފުލުހުން ވަނީ ވުބެފައެވެ.

ތަސްލީމް ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސްއަށް އެދިފައިވާކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

https://wamco.com.mv/
tel:+9607331319