logo

މަސްތުވާތަކެތީގެ ތަހުގީގަކަށް ދެމީހަކު ހޯދަނީ

profile

ޝުރުފާ މުހަންމަދު - 22 ސެޕްޓެމްބަރު 2024 - 18:05

މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ހޯދާ ދެމީހުން--- ފޮޓޯ: ފުލުހުން

މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ހޯދާ ދެމީހުން--- ފޮޓޯ: ފުލުހުން

މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ދެމީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުން ހޯދަން އިއުލާންކޮށްފައި ވަނީ ށ. ފޯކައިދޫ / ދަންމަރު، އަޙްމަދު ޒާހިދު އާއި ސ. ފޭދޫ / އެވަރެސްޓް، ޙުސައިން ޞާލިޙް އެވެ.

ފުލުހުން ބުނިގޮތުގައި އެ ދެމީހުން ހޯދަން އިއުލާންކޮށްފައި ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޓީމުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެންނެވެ. ފުލުހުން ބުނީ އެމީހުން ހޯދަން އިއުލާންކޮށްފައި ވަނީ އެ މައްސަލާހގެ ތަހުގީގަށް އެ ދެމީހުން ހާޒިރުކުރަން ބޭނުންވާތީ، އެމީހުން އުޅޭ ތަނެއް ނޭނގި ޗިޓު ހަވާލުނުކުރެވޭތީ ކަމަށެވެ.

އެ ދެމީހުން ހާޒިރުވާން އަންގާފައި ވަނީ ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ، މިމަހުގެ 30ވަނަ ދުވަހުގެ ހެނދުނު 10:00އަށް ނުވަތަ ވީ އެންމެ އަވަހަކަށެވެ.

https://int.etukuri.mv/
tel:+9607331319