logo

މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކަށް ދައުވާކުރަން ފޮނުވައިފި

profile

ޒިދާން މުޙައްމަދު - 22 ސެޕްޓެމްބަރު 2024 - 13:30

މުހައްމަދު ހާރޫން (49އ) ޕާކިސްތާން، ވ. ސިނަމާލެ 4 3-03 ޝާހިލް މުހައްމަދު (40އ) އަދި ހދ. ކުމުންދޫ / ނަރުގިސްވިލާ، އަޙްމަދު އައްފާނު (25އ)

މުހައްމަދު ހާރޫން (49އ) ޕާކިސްތާން، ވ. ސިނަމާލެ 4 3-03 ޝާހިލް މުހައްމަދު (40އ) އަދި ހދ. ކުމުންދޫ / ނަރުގިސްވިލާ، އަޙްމަދު އައްފާނު (25އ)

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުވާ ތިން މީހެއްގެ ތަހުގީގު މަރުހަލާ ނިންމައި ދައުވާކޮށް ދިނުމަށް އެދި ފުލުހުންގެ ޚިދުމަތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ޕީޖީގެ އޮފީހުން ބުނީ މި އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ފަތިހު 5:10 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި ފްލައިޓަކުން އައި ތިން މީހަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

މިމައްސަލައިގެ ތަހުގީގު ނިންމައި، މޮލްވި މުހައްމަދު ހާރޫން (49 އަހަރު) ޕާކިސްތާން، ވ. ސިނަމާލެ 4 3-03 ޝާހިލް މުހައްމަދު (40 އަހަރު) އަދި ހދ. ކުމުންދޫ / ނަރުގިސްވިލާ، އަޙްމަދު އައްފާނު (25 އަހަރު) ގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް ޕީޖީއަށް ފޮނުވާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުންވެސް ބުނެފައިވެއެވެ.

މި މަހުގެ 17 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ މައްސަލަ ބަލައިގެންފައެވެ.

މައްސަލާގައި ދައުވާކުރުމަށް ކޯޓަށް ހުށަހެޅުމާ މެދު އަދި ގޮތެއް ނުނިންމައެވެ.

tel:+9607331319