logo

ހެރޮއިން އެތެރެކުރި މައްސަލާގައި 65 އަހަރުގެ މީހަކު ހައްޔަރުކޮށްފި

profile

ޝުރުފާ މުހަންމަދު - 21 ސެޕްޓެމްބަރު 2024 - 18:36

ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މީހާ---ފޮޓޯ: ފުލުހުން

ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މީހާ---ފޮޓޯ: ފުލުހުން

ރާއްޖެ އަށް ހެރޮއިން އެތެރެކުރި މައްސަލާގައި 65 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.

މި މަހުގެ 17 ވަނަ ދުވަހު ރާއްޖެ އަށް ވައިގެ މަގުން ހެރޮއިން އެތެރެކުރަން އުޅުނު މީހަކު އަތުލައިގަތްކަން އިމިގްރޭޝަނުން އިއްޔެ ވަނީ ހާމަކޮށްފަ އެވެ. އިމިގްރޭޝަނުން ބުނިގޮތުގައި އަތުލައިގަތީ 349ގ ހެރޮއިންނެވެ.

މި މައްސަލާގައި ބަންދުކުރި މީހާގެ މައުލޫމާތު ފުލުހުން މިއަދު އާންމުކުރި އިރު، ހައްޔަރުކޮށްފައި ވަނީ ސ. ހިތަދޫ އަބްދުﷲ ސާދިގު ނަމަކަށް ކިޔާ މީހެކެވެ. މި މައްސަލާގައި އޭނާގެ ބަންދަށް މިހާރު ވަނީ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

އިއްޔެ އިމިގްރޭޝަނުން އާންމުކުރި މައުލޫމާތުގައިވާގޮތުން ޖެހިގެން އައި ދުވަހު ވެސް 8 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވެ އެވެ. އެކަމަކު އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި އާންމުކޮށްފައެއް ނުވެ އެވެ.

tel:+9607331319