logo

އިނގިލި ބުރިކޮށްލާނެކަމުގެ އިންޒާރުދީ ފޭރުނު މީހުން ބަންދަށް

profile

ޒިދާން މުޙައްމަދު - 21 ސެޕްޓެމްބަރު 2024 - 10:52

ރަސްފަންނުގައި ތިބި ބިދޭސީންތަކެއް އަތުން ފޭރުނު މައްސަލާގައި ހައްޔަރުކުރި ދެމީހުން--- ފޮޓޯ: ފުލުހުން

ރަސްފަންނުގައި ތިބި ބިދޭސީންތަކެއް އަތުން ފޭރުނު މައްސަލާގައި ހައްޔަރުކުރި ދެމީހުން--- ފޮޓޯ: ފުލުހުން

އިނގިލި ބުރިކޮށްލާނެ ކަމަށް ބުނެ ބިދޭސީންތަކަކަށް ބިރު ދައްކައިގެން ފޭރުނު މައްސަލައިގައި ހުކުރު ދުވަހުގެ ރޭ ހައްޔަރު ކުރި މީހުން ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކޮށްފިއެވެ.

މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ ސ. ހިތަދޫ، އަތިރީއާގެ، އަހުމަދު ސިވާތް (37އ) އާއި ސ. ހިތަދޫ، ޑިލައިޓްފޭސް، މުހައްމަދު ސާލިމް (37އ) އެވެ.

އެ މީހުން ހައްޔަރުކޮށް، ފޭރުނު ފައިސާ ހޯދާފައިވާއިރު، އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މާލޭ ސަރަހައްދުގައި ބިރުދައްކައިގެން ފޭރޭ މައްސަލަތައް ވަނީ މިފަހުން ވަރަށް ބޮޑަށް އިތުރުވެފައެވެ.

ފުލުހުންނަށް އެންމެ ގިނައިން ހުށަހެޅޭ އެއް ބާވަތުގެ މައްސަލައަކީ ފޭރުމުގެ މައްސަލައެވެ.

tel:+9607331319