logo

އައްޑޫ ސިޓީން ގެއްލިގެން ހޯދި މީހާ ފެނިއްޖެ

profile

ޝުރުފާ މުހަންމަދު - 21 ސެޕްޓެމްބަރު 2024 - 18:15

އައްޑޫ މަގު ހެދުމުގެ ބޮޑުބައި ވަނީ ނިމިފައި

އައްޑޫ މަގު ހެދުމުގެ ބޮޑުބައި ވަނީ ނިމިފައި

އައްޑޫ ސިޓީން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ އެވެ.

އައްޑޫ ސިޓީން މީހަކު ގެއްލިގެން ހޯދާފައިވަނީ މަރަދޫ އިންނެވެ. ރޭ 7 ޖެހި އިރު ގެއިން ނިކުމެގެން ދިޔަ މީހާ ނުފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު މެންދުރު 1:30 ހާއިރު އެވެ.

އެމީހާ ހޯދުމުގެ މަސައްކަތްކުރަމުން ދަނިކޮށް ފެނިފައިވަނީ އޭނާ ދިރިއުޅޭ ގޭ ތެރެއިންނެވެ. އޭނާ ފެނުނީ އެ ގޭ ގޯތި ތެރޭގައި ވަކިން ހަދާފައި ހުރި ކޮޓަރިއެއްގެ ތެރޭގައި އޮއްވަ އެވެ.

އެމީހާގެ ހާލަތު ބެލުމަށް މަރަދޫ ހެލްތު ސެންޓަރަށް މިހާރު ވަނީ ގެންގޮސްފަ އެވެ.

tel:+9607331319