logo

ޕީޖީ އައްބާސް ޝަރީފް، ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކޮށްފި

profile

ޝުރުފާ މުހަންމަދު - 22 ސެޕްޓެމްބަރު 2024 - 18:22

ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް--- ފޮޓޯ: ޕީޖީ އޮފީސް

ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް--- ފޮޓޯ: ޕީޖީ އޮފީސް

ޕްރޮސިކިއުޓަރ ޖެނެރަލް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފު، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއާ ބައްދަލުކުރައްވައިފި އެވެ.

މިއަދު ދިވެހި ފުލުހުންގެ މައި އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ފޮލިސް ވަނީ އައު ޕްރޮސިކިއުޓަރ ޖެނެރަލަށް މަރުޙަބާ ދަންނަވައި، ދެ މުއައްސަސާގެ ދެމެދުގައި އޮތް ގާތް ގުޅުން ދަމަހައްޓަވާނެކަމަށް ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރަށް ބަދަހިކޮށް، ހަރުދަނާ ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ޖިނާއީ ތަހުގީގުތައް މިހާރަށްވުރެ އަވަސްކޮށް ކުރިއަށްގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވެދެއްވެންއޮތް އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ދެއްވާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވި އެވެ. އަދި މައްސަލަތަކުގެ ތަހުގީގު ނިމުމަށްފަހު، ދައުވާކުރުން މިހާރަށް ވުރެ އަވަސްކުރުމުގެ ތަސައްވުރު ގެންގުޅުއްވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތުގެ އެންމެ މުހިންމު ބައިވެރިޔާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ، އެގޮތުން އެ އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ 90 އިންސައްތައަށްވުރެ ގިނަ މައްސަލައަކީ ފުލުހުން ތަހުގީގ ކޮށް ހުށަހަޅުއްވާ މައްސަލަ އެވެ.

https://wamco.com.mv/
tel:+9607331319