logo

ދަތުރުކުރުން ރައްކާތެރިވާ ވަރަށް ކަނޑުތައް މަޑުވެއްޖެ

profile

ޒިދާން މުޙައްމަދު - 25 އޯގަސްޓު 2024 - 12:36

ރ. އަތޮޅު ވާދޫ ފަޅުތެރެއިން ރަށުގެ އިރުމަތީފަރާތު މަލަމަތި --- ފޮޓޯ: ޒިދާން / އަސްލު

ރ. އަތޮޅު ވާދޫ ފަޅުތެރެއިން ރަށުގެ އިރުމަތީފަރާތު މަލަމަތި --- ފޮޓޯ: ޒިދާން / އަސްލު

ކަނޑު ދަތުރުފަތުރުކުރުން ރައްކާތެރިވާ ވަރަށް ރާއްޖޭގެ ކަނޑުތައް މަޑުވެއްޖެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ - މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 48 ގަޑިއިރުވެސް ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.

ވައިޖެހޭނެ ކަމަށް ލަފާކުރަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. ކަނޑުތައް މަޑުވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ އެއް ފޫޓާއި ތިން ފޫޓާ ދެމެދުގައި ކަމަށެވެ.

ރާއްޖެއަށް މޫސުން ރަނގަޅުވެފައި މިވަނީ ހުޅަނގުގެ ބާރުގަދަވެ މޫސުން ވަރަށް ގޯސްކޮށް ދުވަސްތަކެއް އޮތުމަށް ފަހުގައެވެ.

ރާއްޖެއަށް އަންނަނީ މައިގަނޑު ދެމޫސުމެވެ. އެއީ ހުޅަނގު މޫސުމާއި އިރުވައި މޫސުމެވެ. އާންމުކޮއް ރާއްޖެއަށް ބޮޑައް ވިއްސާރަ ކުރަނީ ހުޅަނގު މޫސުމުގައެވެ. އިރުވައި މޫސުމުގައި ކޮންމެވެސް ވަރަކަށް ވިއްސާރަ ކުރިޔަސް މޫސުން ގިނަދުވަސްތަކުގައި އޮންނަނީ އާންމު ގޮތެއްގައި ރަނގަޅަށެވެ.

ހުޅަނގު މޫސުން ރާއްޖެއަށް ޢާންމުގޮތެއްގައި ލައިގަންނަނީ މޭމަހު މެދެއްހާ ތަނުން ފެށިގެން ނޮވެންބަރު މަުގެ ނިޔަލަށެވެެ. އަދި އިރުވައި މޫސުން ޖެނުވަރީއިން ފެށިގެން މާރިޗްމަހުގެ ނިޔަލަށް ދެމިގެން ދެއެވެ. ޑިސެމްބަރ އަދި އެޕްރީލް މަހަކީ ޢާންމުކޮށް ދެމޫސުން ބަދަލުވާ ދުވަސްވަރެވެ.


tel:+9607331319