logo

ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައުލީމު ކުރިއަރުވަން މަޝްވަރާކޮށްފި

profile

އާމިނަތު ޝަފާ - 21 އޯގަސްޓު 2024 - 22:30

މިނިސްޓަރ މާރިޔާ ޗައިނާގެ ސްމާޓް ލާރނިންގ އިންސްޓިޓިއުޓްގެ ބޭފުޅުންނާ ބައްދަލުކުރެއްވުން

މިނިސްޓަރ މާރިޔާ ޗައިނާގެ ސްމާޓް ލާރނިންގ އިންސްޓިޓިއުޓްގެ ބޭފުޅުންނާ ބައްދަލުކުރެއްވުން

ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ތައުލީމު ކުރިއަރުވަން މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. މަރްޔަމް މާރިޔާ ޗައިނާގެ ސްމާޓް ލާރނިންގ އިންސްޓިޓިއުޓްގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައެވެ.

ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ސްމާޓް ލާރނިންގ އިންސްޓިޓިއުޓްގައި ބޭއްވުނު މި ބައްދަލުވުމަކީ ދިވެހިރާއްޖޭގައި 'ސްމާޓް ލާރނިންގ" ނުވަތަ ޓެކްނޮލޮޖީ ބޭނުންކޮށް ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވުނު ބައްދަލުވުމެވެ.

މި ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ފަރާތުން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާއާއި އެކަމަނާގެ ޕީއޭ، ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ސްމާޓް ލާރނިންގ އިންސްޓިއުޓްގެ ވައިސް ޑީން އަދި ކުރީގެ ކޮމަންވެލްތް ޕްރެޒިޑެންޓްގެ އިތުރުން ޕްރޮފެސަރ އަޝާ ކަންވަރް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

މި މަހުގެ 16 ވަނަ ދުވަހު، އެކަމަނާ ފެއްޓެވި މި ދަތުރުފުޅަކީ، ބެއިޖިން ނޯމަލް ޔުނިވާސިޓީ އަދި ޔުނެސްކޯގެ ދަޢުވަތަކަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅެކެވެ.

މިނިސްޓަރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އަކީ ބޭރުގެ އެކި ޔުނިވާސިޓީތަކާއި މުއައްސަސާތަކާއި ގުޅިގެން ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުސަތު ފަހިކޮއްދިނުމާއި، ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ވުޒާރާއެކެވެ.

https://wamco.com.mv/
tel:+9607331319