logo

ޒުވާނުންނަށް މަތީ ތަޢުލީމުގެ ފުރުސަތު ހޯދައިދިނުމަށް ވަޒީރު މާރިޔާ ޗައިނާއަށް

profile

އާމިނަތު ޝަފާ - 17 އޯގަސްޓު 2024 - 15:23

ވަޒީރު މާރިޔާ

ވަޒީރު މާރިޔާ

ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމުގެ ފުރުސަތުތަށް ތަނަވަސްކޮއްދިނުމަށް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ޗައިނާގެ ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ދަޢުވަތަކަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. މަރްޔަމް މާރިޔާ ޗައިނާއަށް ވަޑައިނަވައިފިއެވެ.

މި ދަތުރުފުޅުގައި، މިނިސްޓަރ ޑރ.މަރްޔަމް މާރިޔާއާއި އެކު އެކަމަނާގެ ޕީއޭ، ބައިވެރިވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގައި، އެކަމަނާ ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ޕްރެޒިޓެންޓް، ޕްރޮފެސަރ ޔޫ ޖިއޮންޖް، ވައިސް ޕްރެޒިޓެންޓް، ޕްރޮފެސަރ ޖޯ ޒުއޮޔު، ސްމާޓް ލާރނިންގ އިންސްޓް ޓިއުޓް އޮފް ބެޖިން ނޯމަލް ޔުނިވާސިޓީގެ ވައިސް ޑީން އަދި ކުރީގެ ޕްރެޒިޑެންޓް އޮފް ކޮމަންވެލްތް އޮޕް ލާރނިންގއާއި ބައްދަލުކުރައްވާނެއެވެ.

އަދި"ރައުންޑް ޓޭބަލް އޮން ވިމެންސް ލީޑަރޝިޕް އިން ދަ އޭޖް އޮފް އޭއައި" ގައި ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އެކަމަނާ ބެއިޖިން ނޯމަލް ޔުނިވާސިޓީ އިން އިންތިޒާމްކުރާ "ޑިވެލޮޕްމަންޓް އެންޑް ޔޫސް އޮފް ޑިޖިޓަލް ޓެކްސްޓް ބުކް" ފޯރަމްގައި ބައިވެރިވަޑައިގަންނަވާނެއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން އަންނަނީ ބޭރުގެ އެކި ޤައުމުތަކުގެ މަޤްބޫލު ޔުނިވާސިޓީ ތަކާއި ބައްދަލުކުރައްވައި، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ހުނަރުވެރި ޖީލެއް ބިނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރަމުންނެވެ. މީގެ އިތުރުން، ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމުގެ ފުރުސަތުތަށް ތަނަވަސް ކޮއްދިނުމަށް މިނިސްޓްރީ އިން ގިނަގުނަ މަސައްކަތްތަކެއް ކުރެއެވެ.

https://wamco.com.mv/
tel:+9607331319