logo

މުޙިއްމު މަސައްކަތްތަކެއް ކުރާތީ ހިޔާ ޓަވަރުން ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

profile

އައިޝަތު އިބްރާހިމް - 13 އޭޕްރީލު 2025 - 14:09

ހުޅުމާލެ ފޭސް2 ގެ ހިޔާ ޓަވަރުގައި ކަރަންޓް މަސައްކަތެއް ކުރުމަށް މާދަމާ ކަރަންޓް ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ބުނެފިއެވެ.

https://wamco.com.mv/

މިކަން ހާމަކޮށް ސްޓެލްކޯ އިން ބުނެފައިވަނީ، ހިޔާ ޓަވަރުތަކުގައި ކުރަންޖެހޭ މުޙިއްމު މަސައްކަތްތަކެއް ކުރުމުގެ ގޮތުން އެކިދުވަސްތަކަށް ބަހާލައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަަމަށެވެ.

އެގޮތުން މި މަސައްކަތް ކުރުމަށް ހިޔާގެ ދަވަނަ ޓަވަރު (H2) ގައި މަސައްކަތް ކުރުމަށް 14 އޭޕްރިލް ވާ ހޯމަ ދުވަހު ހެނދުނު 9 އިން ހަވީރު 17:00 އާ ދެމެދު އެ ޓަވަރުގެ ކޮންމެ އެޕާޓްމެންޓަކުންވެސް ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓްގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ކަރަންޓްގެ ޚިދުމަތް މެދުކެނޑުމުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.

މާލެ ސަރަޙައްދުގެ ކަރަންޓްގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ސްޓެލްކޯއިން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

https://etukuri.mv/
https://www.aslu.com.mv