logo
ސްޓެލްކޯ

ސްޓެލްކޯ

ހެންވޭރުގެ ބައެއް ސަރަހައްދު ތަކުން މިއަދު ކަރަންޓް ކެނޑިދާނެ - ސްޓެލްކޯ

profile

އަހުމަދު ޒަލީފު - 04 ޖެނުއަރީ 2023 - 07:05

ހެންވޭރުގެ ދެ ސަރަހައްދު ތަކުން މިއަދު ކަރަންޓުގެ ހިދުމަތް މެދުކެނޑިގެން ދާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

https://wamco.com.mv/

"މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި، މިއަދު މެންދުރު 14:00 އިން 16:00 އަށް ހެންވޭރުގެ އަމީރު އަހުމަދު މަގާއި، ކަސްތޫރިމަގު އަދި ރޯޝަނީ ގޯޅިން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް. ދިމާވެދާނެ ދަތިތަކަށް މާފަށް އެދެން." ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.

pic.twitter.com/cwMgZGWg6x

— STELCO (@STELCOMALDIVES) January 4, 2023

ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ކޮށް, އިދާޔަ ކުރެވެނި ހަކަތަ އިތުރު ކޮށް އެންމެ ހެޔޮގޮތުގައި އަގުހެޔޮކޮށް ރައްޔިތުންނަށް ހިދުމަތް ދިނުމަކީ ސްޓެލްކޯގެ އަމާޒަކަށް ހަދަން ޖެހޭ ކަމަށް އެ ކުންފުނީ ޗެއާމަން ބްރެގޭޓިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ވަނީ ވިދާޅުވެފައެވެ.

އިބްރާހިމް މުހައްމަދު ދީދީ މިހެން ވިދާޅުވީ ސްޓެލްކޯގެ ހިދުމަތަށް 73 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ.

ޗެއާމަން ވިދާޅުވީ ސްޓެލްކޯގެ ކަރަންޓުގެ ހިދުމަތަކީ މީގެ 73 އަހަރު ކުރިން އެންމެ 14 ކިލޯވޮޓްގެ ޖެނެރޭޓަރެއް ބޭނުންކޮށްގެން ފެށުނު ހިދުމަތެއް ކަމަށެވެ. ވޭދުވެދިޔަ 70 އަހަރުގެ ތެރޭގައި މި ހިދުމަތްވަނީ ތަފާތު މަރުހަލާތަކެއްގައި ރާއްޖެއަށް އައި އެކިއެކި ތަރައްގީއާއިއެކު އޭރަކަށް ބޭނުންވާ ޑިމާންޑާ އެއްވަރަށް ކެޕޭސިޓީ އިތުރުކޮށް ތަރައްގީކުރެވިފައި ކަމަށް ވިދާޅުވި އެވެ.

ސްޓެލްކޯއިން ވިސްނަންވީ ރަށްޔިތުންނަށްދޭ ހިދުމަތް އެހެން ހަރުފަތަކަށް ގެންގޮސްދިނުމަށް ކަމަށް ޗެއާމަން ވިދާޅުވި އެވެ. އެގޮތުން މާހައުލްގައި ހުރި ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ކޮށް ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިދާޔަ ކުރެވެނި ހަކަތަ އިތުރުކޮށް އެންމެ ހެޔޮގޮތުގައި އަގުހެޔޮކޮށް ހިދުމަތް ދިނުމަކީ ސްޓެލްކޯގެ އަމާޒަކަށް ހަދަން ވެއްޖެ ކަމަށް ވިދާޅުވި އެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay