logo

ދިރާގުގެ ޢީދު ބޮނޑިބަތަށް މި ފަހަރު ވެސް ބޮޑު ތަރުހީބެއް

profile

އައިޝަތު އިބްރާހިމް - 06 ޖޫން 2025 - 10:25

ޢީދާ ގުޅިގެން އިޖުތިމާއީ ރޫހު އަލާކުރަން މިއަދު ހެނދުނު ޢީދު ނަމާދަށް ފަހު ދިރާގުން ކުރިއަށް ގެންދިޔަ 'ދިރާގު ޢީދު ބޮނޑިބަތް' ބެހުމުގެ ޙަރަކާތަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

https://wamco.com.mv/

މި ޙަރަކާތް މާލެ އަދި ހުޅުމާލޭގައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ދިރާގުން އެކްސްގައިކޮށްފައިވާ ޕޯސްޓްގައިވާ ގޮތުން، ހުޅުމާލޭގައި މި ޙަރަކާތް ކުރިއަށް ގެންދިޔައީ ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އެހީތެރިކަމާއެކުގައި ކަމަށް ބުނެފައިވެއެވެ. އަދި، މާލޭގައި މި ޙަރަކާތް ކުރިއަށް ގެންދިޔައީ މާލޭ ސިޓީ ކައުންސިލްގެ އެހީއާއެކެވެ.

undefined

ދިރާގު ޢީދު ބޮނޑިބަތަށް މި އަހަރު ވެސް އާންމުންގެ ފަރާތުން މިހާ ބޮޑު ތަރުހީބެއް ލިބުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެއްކަމުގައި ދިރާގުން ވަނީ ބުނެފައެވެ. އަޟްހާ ޢީދުގެ އުފަލުގައި އެންމެން ބައިވެރިކޮށް، މުޖުތަމަޢުގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އިޖުތިމާއީ ރޫޙް އާލާކޮށް، އެކަކު އަނެކަކާ ގުޅުން ބަދަހިކުރަން މަގުފަހިކޮށްދިނުމަކީ ދިރާގުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމުގައިވެސް ބުނެފައިވެއެވެ.

މި ހަރަކާތުގެ އިތުރުން ވެސް ދިރާގުން ވަނީ އެކިއެކި ރަށްރަށުގެ ކައުންސިލްތަކާއި ޒުވާނުންގެ ޖަމިއްޔާތަކާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢީދު ފާހަގަކުރުމުގެ ގޮތުން ހިންގާ ކުލަގަދަ ހަރަކާތްތަކަށް އެކި ގޮތްގޮތުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ދިރާގުން އަންނަނީ ގިނަ އިޖުތިމާއީ ހަރަކާތްތަކެއް ހިންގަމުންނެވެ. އަދި، ދިވެހީންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދޭން އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay