logo

ފަތުރުވެރިކަމުގެ ދާއިރާގައި އާންމުންގެ ބައިވެރިވުމަށް މޮޑެލެއް ތައާރަފް ކުރަނީ

profile

އާމިނަތު ޝަޒްލާ - 06 ޖޫން 2026 - 13:07

މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ފަތުރުވެރިކަމުގެ ދާއިރާގައި އާންމުގެ ބައިވެރިވުން އިތުރުކުރުމަށް އަމާޒުކޮށްގެން ކޮމިއުނިޓީ ޓޫރިޒަމް އެމްޕަވަރމަންޓް މޮޑެލެއް ތައާރަފްކުރުމުގެ މަސައްކަތްތައް ފަށައިފިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މިހާރު ވަނީ، "ޕީޕަލް ސެންޓަރޑް ކޮމިއުނިޓީ ޓޫރިޒަމް އެމްޕަވަރމަންޓް މޮޑެލް" ތަޢާރަފް ކުރުމަށް އެ ވުޒާރާއާއި ޔޫއެންއެފްޕީއޭ މޯލްޑިވްސްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

https://wamco.com.mv/

މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ، އެ ވުޒާރާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.

ބ އަތޮޅުގެ ދަރަވަންދޫ، ދޮންފަނު، ކިހާދޫ އަދި ކުޑަރިކިލުގައި ފެށުމަށް ހަމަޖެހިފައިވާ މި ޕައިލެޓް ޕްރޮގްރާމަކީ އަންހެނުންނާއި ޒުވާނުންނާއި، އިސްރަށްވެހިންނަށް ފުރުސަތުތައް ފަހިކޮށްދީ، އާއިލާތަކަށް ބައިވެރިވެވޭ ފަދަ ފަތުރުވެރިކަމުގެ ނިޒާމެއް ބިނާކުރުމަށް ފަރުމާކުރާ މަޝްރޫޢެއް ކަމަށް މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، މި މަސައްކަތުގެ އަސާސަކީ ފަތުރުވެރިކަން ފުޅާކުރުމުގައި ރަށްރަށުގެ މުޖުތަމަޢުތަކުގެ ބޭނުންތަކާއި، ޝުއޫރުތަކަށް ރިއާޔަތްކުރުން ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.

މި މަޝްރޫޢުގެ ފެށުމެއްގެ ގޮތުން ފުރަތަމަ ފިޔަވަހީގައި ކުރިއަށްދާނީ މެޕިންގގެ މަސައްކަތްތައް ކަމަށާއި، އަދި މިއީ މުސްތަޢުބަލުގައި ކުރިއަށްދާނެ ކެޕޭސިޓީ ބިލްޑިންގއާއި އުފެއްދުންތެރިކަމުގެ މަރުހަލާތަކަށް އެޅޭ ބިންގަލެއް ކަމަށްވެސް އެ ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk