
ވޯލްޑްކަޕްގެ މެޗްތައް ސްޓެލްކޯގެ ސިޓީ ވިއުގެ ދެ ސްކްރީނަކުން ދައްކަން ފަށައިފި

އާމިނަތު ޝަޒްލާ - 06 ޖުލައި 2026 - 11:56
މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ މެޗުތައް، މާލޭގެ 'ސިޓީ ވިއު' ސަރަހައްދުގައި ހަރުކޮށްފައިވާ ސްޓެލްކޯގެ ދެ ލެޑް ސްކްރީނުން ދެއްކުމަށް އެ ކުންފުނިން ހަމަޖައްސައިފިއެވެ.
މުބާރާތުގެ ގަދަ 16 ގެ މެޗުތައް ފޯރިއާއެކު ކުރިއަށްދާއިރު، ބޮޑެތި ޓީމުތަކެއް މުބާރާތުން ވަކިވެ، ކުރިއަށް ހުރި މެޗުތަކުގެ ފޯރި ވަނީ އިތުރަށް ގަދަވެފައެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި ބޮޑު ސްކްރީންތަކުން މެޗުތައް ބެލޭނެ އިންތިޒާމުތައް ހަމަޖެހިފައިވީ ނަމަވެސް، މެޗު އޮންނަ ވަގުތުތަކުގައި އެ ސަރަހައްދުތައް ވަރަށް ބޮޑަށް ތޮއްޖެހޭކަން ފާހަގަކުރެވެއެވެ.
މީގެ ކުރިންވެސް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރު ވަނީ ލެޑް ސްކްރީންތަކުން މެޗުތައް ދެއްކުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ކުރިން ހާމަކުރައްވާފައެވެ.
ދިވެހިރާއްޖޭގެ އަޑު އަދި ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދުގައި ހުންނަ 'ސިޓީ ވިއު' ގެ ދެ ސްކްރީނުން ރޭ ފެށިގެން މެޗުތައް ދަނީ ދައްކަމުންނެވެ. މި އިންތިޒާމަކީ ވީހާވެސް ގިނަ ރައްޔިތުންނަށް ފޯރިގަދަ މެޗުތައް ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ހަމަޖެއްސި އިންތިޒާމެއް ކަމަށްއަޒްވަރު ވަނީ ވިދާޅުފައެވެ.
ގުޅުން ހުރި ޙަބަރުތައް

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 27 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
4 ގަޑިއިރު ކުރިން

ބީއެމްއެލްއާ މާސްޓަރކާޑު ގުޅިގެން އެއްލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި
6 ގަޑިއިރު ކުރިން

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްއިން 150 ޑްރަގް ކިޓް ހަދިޔާކޮށްފި
6 ގަޑިއިރު ކުރިން

މާލޭގެ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަންކުރި ދެމީހަކު ހައްޔަރު
6 ގަޑިއިރު ކުރިން


.gif&w=3840&q=75)