
ރައީސުލްޖުމްހޫރިއްޔާ އާއި ވަކިން ރައްޔިތުންނަށް ބައްދަލުކުރެވޭނެ ގޮތް ހަދަނީ

މުޙައްމަދު ފަޟްލޫން - 26 ޖޫން 2026 - 08:14
ރައީސުލްޖުމްހޫރިއްޔާ އާއި ވަކިން ރައްޔިތުންނަށް ބައްދަލުކުރެވޭނެ ގޮތް ހަދަން މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ޗެޓް ޕޮޑްކާސްޓްގައި ބައިވެރިވެ ވަޑައިގެން ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނާއި ވަކިން ބައްދަލުކުރަން ބޭނުންވާ ރައްޔިތުން އުޅުއްވާ ކަމަށެވެ.
ރައީސް އާއި ވަކިން ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހަފްތާއަކު އެއްދުވަހު ނުވަތަ ދެދުވަހަށް ނަމަވެސް ހުޅުވާލަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާރުވެސް ރައީސް އޮފީހުގެ މިނިސްޓަރަކު ރައީސްގެ ފަރާތްޕުޅުން ރައްޔިތުންނާއ ބައްދަލުކުރަން ހުންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އޮފީހުގައި ރައީސްގެ ފަރާތުން ރައްޔިތުންނާއި ބައްދަލުކުރައްވައި ބޭނުންފުޅުވާ ކަންކަމާއި މަޝްވަރާ ކުރެއްުވުމުން، އެމައުލޫމާުތު ރައީސް އާއި ހަމައަށް ފޯރުކޮށްދީ އެކަމެއް ބައްލަވައި އެކަމަށް ހައްލު ހޯޢްދަވައި ދެއްވަން މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނާއި ބައްދަލުކުރަން ބޭނުންވާ ރައްޔިތުންނަށް އެ ފުރުސަތު ހަފްތާއަކު 2 ދުވަހު ނުވަތަ 1 ދުވަހު ވަކި ވަގުތަކާއި ވަކި އުސޫލެއް ކަނޑައަޅައިގެން ދިނުމަށް ނިންމަވާފައިވާ ކަމަށެވެ.
ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި އަދި ރައްޔިތުންނާއި ބައްދަލުކުރަން ހާއްސަ އިސްކަމެއް އަބަދުވެސް ދެއްވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ފުވައްމުލަކު ސިޓީގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ހުޅުވައިފި
2 ގަޑިއިރު ކުރިން

"ދިނަފް-48" އަށް އިންވެސްޓްކުރުމުގެ ފުރުޞަތު ހުޅުވާލައިފި
4 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މާލެއިން ހައްޔަރުކޮށްފި
6 ގަޑިއިރު ކުރިން

މާލޭގެ މަގުތައް ހަލާކުވެފަ ހުރުމުން ރައްޔިތުންނަށް ގިނަ ތަކްލީފްތަކެއް!
6 ގަޑިއިރު ކުރިން


.gif&w=3840&q=75)