
ޕީއެންސީ އޮފީސް މިރޭ ހުޅުވަނީ

މުޙައްމަދު ފަޟްލޫން - 08 ޖެނުއަރީ 2026 - 10:05
ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އޮފީސް ހުޅުވުމަށް ހާއްސަ ހަރަކާތެއް މިރޭ ބާއްވަން ހަމަޖެހިއްޖެއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޕީއެންސީގެ އޮފީސް ހުޅުވުމަށް ހާއްސަ ރަސްމިއްޔާތެއް 8 ޖެނުއަރީ 2025 ވަނަ ދުވަހުގެ ރޭ (މިރޭ) ކުރިއަށްދާނެ ކަމަށެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް، ޑރ. މުހައްމަދު މުއިއްޒު ކަމަށް ޕީއެންސީ އިން ވަނީ ބުނެފައެވެ.
ޕީއެންސީގެ ޕާޓީގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 08 ޖެނުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ (މިރޭ) 20:30ގައި ހ. ވެޔޮވިލާ ( އާޓިފިޝަލް ބީޗް ކުރިމަތި) ގައެވެ.
ޕީއެންސީގެ ފަރާތުން ބާއްވާ އެޕާޓީގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ޕާޓީގެ މެމްބަރުންނާއި ޕާޓީއަށް ތާއީދުކުރައްވާ ހުރިހާ ދިވެހި ރައްޔިތުންނަށް ވަނީ ދައުވަތު އަރުވާފައެވެ.
ޕީއެންސީ ހަރުގޭގައި މީގެ ކުރިންވެސް ވަނީ ފޯރިގަދަ ޖަލްސާތަކެއް ބާއްވާފައެވެ.
74 ހާހަށް ވުރެ ގިނަ މެމްބަރުންނާ އެކު ޕީއެންސީ އަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީއެވެ.
ގުޅުން ހުރި ޙަބަރުތައް

މާލޭ ސަރަޙައްދުން ބޯހިޔާވަހިކަމަށް ކުރިމަތިލުމަށް ހުޅުވާލަނީ ރައްޔިތުން އެދޭ ގޮތަށް ޝަރުޠުތައް އިސްލާކުރެއްވުމަށްފަހު: ރައީސް
ގަޑިއިރެއް ކުރިން

ޒުވާނުން ދަނޑުވެރިކަމަށް އަހުލުވެރިކުރުވުމަށް ކެލާގައި ޚާއްޞަ ޕްރޮގްރާމެއް ފަށައިފި
ގަޑިއިރެއް ކުރިން

އައްޑޫއިން ގެއްލިގެން ހޯދި މީހާ ފެނިއްޖެ
14 ގަޑިއިރު ކުރިން

ދީނާ ޚިލާފު ފިކުރުތަކަށް އިންތިޚާބުތަކުގައި ފުރުސަތު ދިނުމަކީ ގައުމަށް ލިބޭނެ ބޮޑު ގެއްލުމެއް: ރައީސް
15 ގަޑިއިރު ކުރިން


