
ޒުވާނުން ދަނޑުވެރިކަމަށް އަހުލުވެރިކުރުވުމަށް ކެލާގައި ޚާއްޞަ ޕްރޮގްރާމެއް ފަށައިފި

މުޙައްމަދު ފަޟްލޫން - 09 ޖެނުއަރީ 2026 - 07:14
ޒުވާން ޖީލުގެ މެދުގައި ދަނޑުވެރިކަމަށް އޮންނަ ޝައުގުވެރިކަން އިތުރުކޮށް، މި ދާއިރާއަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި ކެލާ ސްކޫލްގެ ނޭޗަރ ކްލަބްގެ މެންބަރުންނަށް އަމާޒުކޮށްގެން ޚާއްޞަ ހަރަކާތެއް ފަށައިފިއެވެ.
ކެލާ ސްކޫލްގެ މެނޭޖްމަންޓާއި ޕީ.ޓީ.އޭ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތަކީ ކެލާ ކައުންސިލާއި ފެނަކަ ކޯޕަރޭޝަންގެ ކެލާ ބްރާންޗްގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ފެށިގެންދިޔަ މަސައްކަތެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް އަމަލީ ގޮތުން ލެޓިއުސް އަދި ކިއުކަންބާ ހައްދާނެ ގޮތް ދަސްކޮށްދެވޭނެއެވެ.
މި އިސްނެގުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމުން (މެޕް) ތަމްރީނުކުރެވިފައިވާ އިސް ދަނޑުވެރިން ކަމަށްވާ ޢަލީ ރަޒީން އާއި އާދަމް އިމްސާޒް އެވެ. މި މުޅި މަސައްކަތް ކުރިއަށްދަނީ މެޕް ޕްރޮޖެކްޓްގެ ފީލްޑް ސްޓާފް މުޙައްމަދު އިބްރާހީމްގެ ސީދާ ބެއްލެވުމާއި އިރުޝާދުގެ ދަށުންނެވެ.
މެޕުން އަންނަނީ ރާއްޖޭގައި ޒަމާނީ ދަނދުވެރިކަން ފުޅާކޮށް ތަރައްޤީކުރުމަށް ގިނަގުނަ ތަމްރީން ތަކާއި، މަޝްރޫޢުތައް ހިންގަމުންނެވެ.
މިގޮތުން ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި 12 ރަށެއްގައި ގްރީން ހައުސްތައް ގާއިމުކޮށް، 12 ރަށެއްގައި GALS ޕްރޮގްރާމް ހިންގާފައިވާއިރު 6 ރަށެއްގައި ހޯމްގާޑިނިންގ ޕްރޮގްރާމް ވަނީ ހިންގާފައެވެ.
މީގެ ތެރެއިން 320 ދަނޑުވެރިންނަށް ބިޒްނަސް ސްކިލްސް ތަމްރީން ދީފައިވެއެވެ.
މިހާތަނަށް 24 އިސް ދަނޑުވެރިން ވަނީ ތަމްރީން ކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތުގެ87 އިންސައްތަ ނިމިއްޖެ
8 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ރީ - އެމްޕްލޯއިމަންޓު ބިލް: އިސްރަށްވެހިންގެ ނަފްސަނީ ދުޅަހެޔޮކަމަށް އެޅުނު މުހިންމު ފިޔަވަޅެއް
13 ގަޑިއިރު ކުރިން

އަނެއްކާ ވެސް ފަސް ތަނެއް ފާސްކޮށް 8 ބިދޭސީއަކު އަތުލައިގެންފި
13 ގަޑިއިރު ކުރިން

ޖީޕީ ކްލިނިކެއް ހެންވޭރުގައި އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފި
13 ގަޑިއިރު ކުރިން


