logo

އައްޑޫއިން ގެއްލިގެން ހޯދި މީހާ ފެނިއްޖެ

profile

ޝަހްޒާ މުޙައްމަދު - 08 ޖެނުއަރީ 2026 - 18:35

އައްޑޫ ސިޓީ ފޭދޫއިން ގެއްލިގެން ހޯދަމުންދިޔަ ޙައްވާ ރާއިދާ ފެނިފައިވާކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.

https://wamco.com.mv/

ފުލުހުން ބުނީ އޭނާ ފެނިފައިވަނީ އޭނާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ އާންމުންގެ ބަޔަކަށްކަމަށެވެ. ސ.ފޭދޫ ހަމްދަރުދީ ޢުމުރުން 19 އަހަރުގެ ޙައްވާ ރާއިދާ މުނީރު ދިޔަތަނެއް ނޭނގި ގެއްލިގެން ޢާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ 14:52ގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭނާ މިހާރު ފެނިފައިވާއިރު މިމައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay