logo

ހުޅުމާލޭގައި 3 ޕާކިންގ ބިލްޑިންގ އެޅުމުގެ މަސައްކަތް 3 މަސް ތެރޭ ފަށާނެ: ރައީސް

profile

މުޙައްމަދު ފަޟްލޫން - 19 ޑިސެމްބަރު 2025 - 08:10

ހުޅުމާލެ ފޭސް 2 ގައި 3 ޕާކިންގ ބިލްޑިން އެޅުމުގެ މަސައްކަތް ތިން މަސް ތެރޭ ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ހުޅުމާލޭގެ ފޭސް 2 ގައި ދިރިއުޅެމުންދާ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ޕާކިން ގ ބިލްޑިންގ ތައް ހެދުމަށް އެގްރިމެންޓް ކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ހުޅުމާލޭގައި ޕާކިންގ ބިލްޑިންގ ތައް އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާ ޓަވަރުތަކުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ވެސް މިހާރު އޮތް ޝެޑިއުލްގައި އޮތްގޮތަށް އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރު 6 ޓަވަރުގައި ވަނީ ލިފްޓް ހަރުކޮށް ހިދުމަތްދޭން ފަށައިފައިވާ އިރު ބާކީ ހުރިހާ ޓަވަރެއްގައި ލިފްޓް ހަރުކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށްދާ ކަަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާ ޓަވަރުތަކަށް ޖެހޭ ޖުމްލަ އަދަދުން ދެލައްކަ ރުފިޔާ އުނިކުރަން މީގެކުރިން ނިންމާފައިވާއިރު، އެކަން ހަމަޖެހިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި، އެ އަދަދު އުނިކުރުމުން ކުލި ވެސް ދިގުމުއްދަތަކަށް ދައްކަންޖެހޭ ކުލި ކުޑަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ ބައްދަލުކުރެއްވުމުގައި ރައްޔިތުން ހުށަހެޅި ކަންކަން ޙައްލުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ޕާކުތައް ތަރައްގީކުރުމާއި، މަގުތައް ހެދުމާއި ސެކިއުރިޓީ އިތުރަށް ރަނގަޅު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay