
ރައީސްއަށް 62% ތާއީދު އެބައޮތްކަމަށް ސާވޭއަކުން ދައްކައިފި

ޝަހްޒާ މުޙައްމަދު - 18 ޑިސެމްބަރު 2025 - 16:52
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅަށް ދިވެހި ރައްޔިތުން ހިތްހަމަޖެހި އެމަނިކުފާނަށް ރައްޔިތުންގެ ތާއީދު ބޮޑުކޮށް އެބައޮތް ކަމަށް ރާއްޖޭގައި ހިންގާ މަޝްހޫރު ތިންކު ޓޭންކެއް ކަމަށްވާ ބާނީ ސެންޓާ ފޯ އިންޓަނޭޝަނަލް ޕޮލިސީ (ބާނީ) އިން ކުރި ސާވޭއަކުން ދައްކައިފިއެވެ.
މި ސާވޭކޮށްފައިވަނީ ބައިނަލްއަޤްވާމީ ޕޯލިންގް މިންގަނޑުތަކާއި އެއްގޮތަށްކަމަށް ބާނީން ބުނެފައިވެއެވެ.
ސާވޭ ރިޕޯޓްގައި ބުނެފައިވަނީ ރައީސް މުއިއްޒުގެ މަސައްކަތާމެދު ޖުމުލަގޮތެއްގައި ހިތްހަމަޖެހޭކަން ފާޅުކުރި 62 ޕަސަންޓް މީހުންގެ ތެރެއިން 21 ޕަސަންޓް މީހުން އެމަނިކުފާނާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހެ އެވެ.
ސާވޭ ބުޏާގޮތުން ރައީސްގެ މަސައްކަތަށް އެންމެ ބޮޑަށް ތާއީދު ކުރަނީ އަންހެނުން (64 އިންސައްތަ) ކަމަށް ސާވޭއިން ދައްކައެވެ. ފިރިހެނުންގެ ތާއީދު އޮތީ 60 އިންސައްތައިގައެވެ. އުމުރުފުރާއަށް ބަލާއިރު، ރައީސަށް އެންމެ ބޮޑު ތާއީދެއް (66 އިންސައްތައަށްވުރެ މަތި) އޮތީ އުމުރުން 35 އަހަރުން މަތީގެ މީހުންގެ ފަރާތުންނެވެ. ކުދި އާބާދީތައް ނުވަތަ ރޫރަލް ސަރަޙައްދުތަކުގައި ތާއީދު (64 އިންސައްތަ) ގައި އޮތް އިރު ބޮޑު ސަރަޙައްދުތަކުގައި 58 އިންސައްތައަށްވުރެ ވުރެ ބޮޑެވެ.
މި ސާވޭގެ ނަތީޖާއިން ރައީސް މުޢިއްޒުގެ އެޕްރޫވަލް ރޭޓިން 24 ޕޮއިންޓް ކުރިއަށް ޖެހިފައިވާކަން ބާނީއިން ފާހަގަކޮށްފައިވެއެވެ. މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ނޮވެންބަރު 23 އިން ޑިސެންބަރު 1 އާ ދެމެދު ފޯނު މެދުވެރިކޮށް 391 ފަރާތަކާ ސުވާލުކޮށްގެންނެވެ.
ގުޅުން ހުރި ޙަބަރުތައް

ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
13 ގަޑިއިރު ކުރިން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ އޭޓީއެމް ބަހައްޓައިފި
14 ގަޑިއިރު ކުރިން

މިހާތަނަށް 73000އަށް ވުރެ ގިނަ ވޭޕްގެ ސާމާނު ހިފަހައްޓައިފި
14 ގަޑިއިރު ކުރިން

އޮތެންޓިކް މޯލްޑިވްސް މެދުވެރިކޮށް މިހާރު އަލީ ބާބާގައި ވިޔަފާރިކުރެވޭނެ: ރައީސް
14 ގަޑިއިރު ކުރިން


