logo

ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

profile

ޝަހްޒާ މުޙައްމަދު - 18 ޑިސެމްބަރު 2025 - 13:10

ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

https://wamco.com.mv/

ފުލުހުން ބުނީ އެ މީހާ ފެނިފައިވާކަމުގެ މައުލޫމާތު މިއަދު މެންދުރު 13:21 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެމީހާގެ ހަށިގަނޑު ކަނޑުން ނަގައި އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށާ މަރުވެފައި އޮއްވައި ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަރުވެފައިވާ އޮއްވާ ފެނިފައިވާ މީހާއަކީ ކާކުކަން މިހާރު ދެނެގަނެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާ އަދި މި މައްސަލައާ ގުޅިގެން މައުލޫމާތު ލިބޭ ވަރަކުން މައުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay