logo

އޮތެންޓިކް މޯލްޑިވްސް މެދުވެރިކޮށް މިހާރު އަލީ ބާބާގައި ވިޔަފާރިކުރެވޭނެ: ރައީސް

profile

މުޙައްމަދު ފަޟްލޫން - 18 ޑިސެމްބަރު 2025 - 12:10

އޮތެންޓިކް މޯލްޑިވްސް މެދުވެރިކޮށް މިހާރު އަޅީ ބާބާގައި ވިޔަފާރިކުރެވޭނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އަލީބާބާގައި މިހާރު އޯތެންޓިކް މޯލްޑިވްސްގެ ފަރާތުން ޕްރޮޑަކްޓްތައް ވިއްކޭނެ އިންތިޒާމްތައް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

އޯތެންޓިކް މޯލްޑިވްސްގައި ރަޖިސްޓަރީވެފައި ވަނީ، ގާތްގަނޑަކަށް 400 ފަރާތް ކަމަށް ރައީސް ވިދާޅުވިއެވެ.

އޯތެންޓިކް މޯލްޑިވްސްގައި ރަޖިސްޓަރީވެފައިވާ ހުރިހާ ފަރާތްތަކަށް، މިހާރު އަލީބާބާ ޑޮޓް ކޮމްގައި ޕްރޮޑަކްޓްސް ވިއްކޭނެ ގޮތް ހަމަޖެހިގެންގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަލީ ބާބާގައި 400 ވެންޑަރުން ރަޖިސްޓްރީ ވެފައިވާކަން ފާހަގަކުރައްވައި ރައީސް ވަނީ އަލީ ބާބާ މެދުވެރިކޮށް އެފަރާތްތަކަށް މިހާރު އަލީ ބާބާ ޑޮޓް ކޮމްއަށް އެކްސެސް ލިބިގެން ގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ.

އޮތެންޓިކް މޯލްޑިވްސްގައި ބައިވެރިވެފައިވާ ހުރިހާ ބޭފުޅުންނަށް އެ ބޭފުޅުންގެ ޕްރޮޑަކްޓްސް އަލީ ބާބާ މެދުވެރިކޮށް ވިއްކޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އަލީ ބާބާ މެދުވެރިކޮށް ތަކެތި ވިއްކަން ބޭނުންވާ ފަރާތްތަކުން އޯތެންޓިކް މޯލްޑިވްސްގައި ބައިވެރިވާންޖެހޭނެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އޮތެންޓިކް މޯލްޑިވްސްގައި ބައިވެރިވާ ފަރާތްތަކަށް އަލީ ބާބާ ވެބްސައިޓް މެދުވެރިކޮށް ތަކެތި ވިއްކުމުގެ އެ އެކްސެސް އެ ފަރާތްތަކަށް ލިބިގެންދާނެ ކަަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އަލީ ބާބާ އާއި އެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި އެކު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ ވެބިނަރ އެއް ބާއްވާފައެވެ. މި ވެބިނަރ ގައި އަލީ ބާބާ މެދުވެރިކޮށް އޮންލައިންކޮށް ޕްރޮޑަކްޓްތައް ވިއްކާނެ ގޮތުގެ މައުލޫމާތު ވެބިނަރ ގައި ބައިވެރިވި ފަރާތްތަކާއި ވަނީ ހިއްސާކޮށްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay