
އެފްޑީސީގެ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން ރައީސް ނިންމަވައިފި

މުޙައްމަދު ފަޟްލޫން - 19 ޑިސެމްބަރު 2025 - 08:08
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ދައްކަން ޖެހޭ މަހު ކުއްޔާއި އެޑްވާންސް ކުޑަކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
އެމަނިކުފާނު އެކަން އިޢުލާނު ކުރެއްވީ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިހާރު އޮތްގޮތުން އެފްޑީސީން ތަރައްޤީކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓްތަކަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 25,000 ރުފިޔާ ދައްކަން ޖެހެ އެވެ.
ކުލީގެ ގޮތުގައި ދައްކަން ޖެހެނީ މަހަކު 10,500 ރުފިޔާ އެވެ.
ދެ ކޮޓަރީގެ ތަންތަނަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 15,000 ރުފިޔާ ދައްކަން ޖެހެ އެވެ.
މަހު ކުއްޔަކީ 7,000 ރުފިޔާ އެވެ.
މެއިންޓަންސްއާއި ކުލި ހިމެނޭހެން 3 ކޮޓަރީގެ ފްލެޓަކުން މަހުން މަހަށް މިހާރު ދައްކަން އޮތް 10500 ރުފިޔާ، 10000 ރުފިޔާއަށް ކުޑަކޮށްދެއްވާ، އެޑްވާންސްޑް ޕޭމަންޓްގެ ގޮތުގައި ދައްކަން އޮތް 25000 ރުފިޔާ، 8000 ރުފިޔާއަށް ކުޑަކުރެވިގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ.
2 ކޮޓަރީގެ ފްލެޓްތަކުގެ ކުއްޔަށް ދައްކަންޖެހޭ އަގުން 1000 ރުފިޔާ އުނިކުރެވި މަހުން މަހަށް ދައްކަންޖެހޭ ފައިސާގެ މިންވަރު 7،000 ރުފިޔާއިން 6،000 ރުފިޔާއަށް ކުޑަކުރައްވާނެކަމުގައި ވިދާޅުވިއެވެ.
2 ކޮޓަރީގެ ފްލެޓްތަކުގެ އެޑްވާންސްޑް ފައިސާގެ ގޮތުގައި ދައްކަންޖެހޭ މިންވަރަކީވެސް 1 މަހުގެ ކުއްޔަށްވާ ފައިސާ ކަމުގައި ކަނޑައެޅިފައި އޮންނާނެކަމުގައި ރައީސް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލޭގައި 3 ޕާކިންގ ބިލްޑިން އެޅުމުގެ މަސައްކަތް 3 މަސް ތެރޭ ފަށާނެ: ރައީސް
2 ގަޑިއިރު ކުރިން

ހިޔާ ފްލެޓްތަކަށް 2 ލައްކަ ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެ: ރައީސް
2 ގަޑިއިރު ކުރިން

ރައީސްއަށް 62% ތާއީދު އެބައޮތްކަމަށް ސާވޭއަކުން ދައްކައިފި
17 ގަޑިއިރު ކުރިން

ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
21 ގަޑިއިރު ކުރިން


