
ވޭތުވެދިޔަ ހަފްތާގައި ސްކޭމްގެ 33 މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފައިވޭ

އާމިނަތު ޝަޒްލާ - 31 ޖުލައި 2026 - 15:40
މިދިޔަ ހަފްތާގެ ތެރޭގައި ސްކޭމްގެ ނުވަތަ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 33 މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ކަމަށް އެ މުއައްސަސާއިން ހާމަކޮށްފިއެވެ.
ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މި މައްސަލަތަކުގައި ޖުމްލަ 184,235.00 ރުފިޔާގެ މާލީ ގެއްލުން ރައްޔިތުންނަށް ވެފައިވެއެވެ. ނަމަވެސް، ފުލުހުން އެޅި އަވަސް ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ގެއްލުނު ފައިސާގެ ތެރެއިން 72,073.00 ރުފިޔާ ވަނީ ކާމިޔާބުކަމާއެކު އަނބުރާ ހޯދައިދީފައެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ސްކޭމް ހިންގާ ފަރާތްތަކުން އާންމުކޮށް ބޭނުންކުރަނީ އޮންލައިން މެސެޖިންގ މަންސަތަކާއި، އައިބޭ ، ފޯނު ކޯލް، ފިޝިންގ ލިންކް އަދި ފޭސްބުކް މާކެޓްޕްލޭސް ފަދަ ވަސީލަތްތަކެވެ.
މި ހަފްތާގައި ވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސް ސްކޭމްތަކުގެ މައްސަލަތަކެވެ. އެގޮތުން އީ-ކޮމާސް ސްކޭމްގެ 16 މައްސަލައެއް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ހިމެނޭ މައްސަލަތަކަކީ:
- ބުކިންގ ކެންސަލް ނުވަތަ ރިފަންޑް ސްކޭމް: 7 މައްސަލަ
- ފައިސާ މާރުކުރުމުގެ ސްކޭމް: 4 މައްސަލަ
- އެހެން މީހަކަށް ވެގެން އޮޅުވާލައިގެން ފައިސާ ހޯދުން: 1 މައްސަލަ
- އެހެނިހެން ބާވަތުގެ ސްކޭމްތައް: 5 މައްސަލަ
މިފަދަ މައްސަލަތައް އިތުރުވަމުންދާތީ، އޮންލައިންކޮށް މުއާމަލާތްތައް ކުރުމުގައާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި އިތުރަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންނަށް އިލްތިމާސްކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް

މާފުށީ ފަރަށް އެރި ސަފާރީގެ ބައިތައް ނަގައި ބަނދަރު ސާފުކުރަން ފަށައިފި
6 ގަޑިއިރު ކުރިން

ހުޅުމާލެ ފޭސް 2 ގެ އެސްޓީއޯ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
6 ގަޑިއިރު ކުރިން

ގެސްޓްހައުސްތަކުގައި އެންމެ ގިނައިން ޗުއްޓީ ހޭދަކުރީ ޗައިނާ އަދި އިޓަލީ ފަތުރުވެރިން
9 ގަޑިއިރު ކުރިން

މާދަމާއިން ފެށިގެން މޫސުން އަލިވާން ފަށާނެ ކަމަށް ލަފާކޮށްފި
9 ގަޑިއިރު ކުރިން


.gif&w=3840&q=75)