logo

ހުޅުމާލެ ފޭސް 2 ގެ އެސްޓީއޯ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

profile

އާމިނަތު ޝަޒްލާ - 31 ޖުލައި 2026 - 15:40

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އެސްޓީއޯ ޓަވަރު ބީގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް މިއަދު ހަވީރު ހިނގައިފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އެސްޓީއޯ ޓަވަރު ބީގެ އެޕާޓްމަންޓެއްގައި ހުރި އެގްޒޯސްޓެއްގައެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

ފުލުހުން ބުނި ގޮތުގައި، އެގްޒޯސްޓުގައި ރޯވި އަލިފާން މިހާރު ވަނީ އެއްކޮށް ނިއްވައިލާފައެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށްވެސް ފުލުހުން ކަށަވަރުކޮށްދެއްވައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

https://wamco.com.mv/

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk