logo
ޖޭމް ލޮޖް / އއ. ތޮއްޑޫ

ޖޭމް ލޮޖް / އއ. ތޮއްޑޫ

ގެސްޓްހައުސްތަކުގައި އެންމެ ގިނައިން ޗުއްޓީ ހޭދަކުރީ ޗައިނާ އަދި އިޓަލީ ފަތުރުވެރިން

profile

އާމިނަތު ޝަޒްލާ - 31 ޖުލައި 2026 - 11:54

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކުގައި މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޗުއްޓީ ހޭދަކޮށްފައިވަނީ ޗައިނާ އަދި އިޓަލީވިލާތުގެ ފަތުރުވެރިންކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1,241,422 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ ތެރެއިން 274,687 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 22.6 އިންސައްތައެވެ.

undefinedޖޭމް ލޮޖް / އއ. ތޮއްޑޫ

ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ކުރީގައި އުޅެނީ ޗައިނާ ފަތުރުވެރިންނެވެ. ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުވެސް މެއެވެ. އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކުރި 213,317 ފަތުރުވެރިންގެ ތެރެއިން 28.6 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. ދެވަނައަށް އެންމެ ގިނައިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވަނީ އިޓަލީވިލާތުގެ ފަތުރުވެރިންނެވެ. އެގޮތުން އިޓަލީން ޒިޔާރަތްކުރި 96,876 ފަތުރުވެރިންގެ ތެރެއިން 28.2 އިންސައްތަ ފަތުރުވެރިން ގެސްޓްހައުސްތަކަށް އިސްކަންދީފައިވެއެވެ.

undefined

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިވަގުތު ޖުމްލަ 944 ގެސްޓްހައުސްއެއް ދަނީ ހިންގަމުންނެވެ. މި ތަންތަނުގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 17,010 އެނދު އޮޕަރޭޝަނަށް ނެރެފައިވާއިރު، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބެޑް ކެޕޭސިޓީގެ 25 އިންސައްތައެވެ.

އަތޮޅުތަކަށް ބަލާއިރު، ގެސްޓްހައުސްގެ އެނދު އެންމެ ގިނައިން ހުރީ ކާފު އަތޮޅުގައެވެ. އެ އަތޮޅުގައި 8,162 އެނދު އޮޕަރޭޝަނުގައި އެބަހުއްޓެވެ. ދެވަނައަށް އެންމެ ގިނަ އެނދު ހުރީ އއ. އަތޮޅުގައެވެ. އެއީ 2,312 އެނދެވެ.

ރާއްޖޭގެ ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނައިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ރަށްރަށުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk