
"ޕީއެންސީ ދޮރުން ދޮރަށް" މެދު ހެންވޭރު ދާއިރާގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވައިފި

ރިޟްވާން މޫސާ - 26 ފެބްރުއަރީ 2026 - 10:47
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރިއަށްގެންދާ "ދޮރުން ދޮރަށް" ހަރަކާތުގައި، ޕީއެންސީގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު މެދު ހެންވޭރު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވަިއފި އެވެ
އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މާލޭ ސަރަހައްދުގެ ގެތަކަށް ޒިޔާރާތްކުރުމަށް "ދޮރުން ދޮރަށް" ހަރަކާތް ފެށީ މިދިޔަ ޖެނުއަރީ މަހު އެވެ.
ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން، ރައީސް ޑރ. މުއިއްޒު މިއަދު ވަނީ ޕީއެންސީގެ މެދު ހެންވޭރު ދާއިރާގެ ކެންޑިޑޭޓުންގެ، ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގެން މާލޭގެ ގެތަކަށް ޒިޔާރާތްކުރައްވައި ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ.
ރައީސްގެ އަރިހުގައި ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާފައިވާ މޫސާ އަލީ ޖަލީލާއި، މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އައިޝަތު އަލައިކާ އަދުނާންގެ އިތުރުން ބައެއް މިނިސްޓަރުންނާއި މަޖިލިސް މެންބަރުންގެ އިތުރުން ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންވެސް ވަނީ ބައިވެރިވަޑައިގެންފައެވެ
ޕީއެންސީން ބުނީ މި ކެމްޕެއިން ހަރަކާތުގެ މަގްސަދަކީ ރައްޔިތުންނާ ގާތުން ބައްދަލުކޮށް، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއެހުމާއި ކެންޑިޑޭޓުންގެ ސިޔާސަތުތައް ހިއްސާކުރުން ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

އެމްޑީޕީ އަށް ރައީސްގެ ވަރުގަދަ ރައްދެއް! ތިއުޅެނީ ކަޑަ ޖައްސަވަން!
2 ގަޑިއިރު ކުރިން

ހުޅުމާލޭ 3 ވަނަ ފިޔަވަހީގައި 1000 ހައުސިން ޔުނިޓު އެޅުމަށް ބަޔަކު ހޯދަނީ
4 ގަޑިއިރު ކުރިން

އައްޑޫގެ ބައެއް އިދާރީ ދާއިރާތަކަށް ބަދަލު ގެންނަވައިފި
4 ގަޑިއިރު ކުރިން

"ރަށިޔާ-ޔޫކްރެއިން" 20 މީހަކު ޒަހަމް ކޮށްލައިފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)