.webp&w=3840&q=75)
ފުލުހުންގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ މުޖުތަމަޢުގެ އާންމު މަސްލަހަތު ނެގެހެއްޓުން: އޭސީޕީ

އައިޝަތު އިނާޝާ - 16 ފެބްރުއަރީ 2026 - 10:16
ފުލުހުންގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ މުޖުތަމަޢުގެ އާންމު މަސްލަހަތު ނަގަހައްޓައި، ދެމެހެއްޓުން ކަމަށް ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑައިރެކްޓަރ، އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު އަބްދުއްރަޙްމާން ވިދާޅުވެއްޖެއެވެ.
އޭސީޕީ މިފަދައިން ވިދާޅުވީ 51ވަނަ ޕަބްލިކް އޯޑަރ ޓްރޭނިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގައެވެ.
ރޭ ދ. ވާނީ ކެމްޕަހުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން އޭސީޕީ ވިދާޅުވީ މުޖުތަމަޢުގެ އާންމު މަސްލަހަތު ނަގަހައްޓައި، ދެމެހެއްޓުމަކީ ފުލުހުންނާ ހަވާލުކުރެވިފައިވާ އެންމެ މުހިންމު އެއް މަސްއޫލިއްޔަތު ކަމަށެވެ.
އަދި އެކަމަށްޓަކައި ހަމައެކަނި ޖިސްމާނީ ގާބިލުކަމާއި ހުނަރުތައް އެނގުމުގެ އިތުރުން، އަޚުލާގީ މިންގަނޑުތަކަށް ބޯލެނބުމާއި، އިންސާނާގެ ވިސްނުމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ މުހިންމު ކަމެއްކަން އޭސީޕީ ފާހަގަކުރެއްވިއެވެ.
އޭސީޕީ ވަނީ ގުޅިގެން މަސައްކަތްކުރުމުގެ ރޫހާއި މުޖުތަމައަށް އިހުތިރާމުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް ވިދާޅުވެފައެވެ.
އަދި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ފުލުހުންގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި، ތަމްރީނުގެ ބައިވެރިންނާއި މުދައްރިބުން ކުރެއްވި ބުރަ މަސައްކަތާއި ބެހެއްޓެވި ފަންނީ ގާބިލުކަން ފާހަގަކުރައްވައި އޭސީޕީ ވަނީ ޝުކުރުއަދާކުރައްވާފައެވެ.
މިދިޔަ މަހުގެ 18 އިން މި މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ދ. ވާނީ ކެމްޕަހުގައި ކުރިއަށް ގެންދިޔަ މި ކޯހުން އެއްވަނަ ހޯދީ ކޮންސްޓަބަލް ޢަބްދުލް ޙަސީބްއެވެ.
މި ކޯހުގައި ބައިވެރިވި 69 ފުލުހުން ވެސް ވަނީ ކޯހުގެ މިންގަނޑަށް ފާސްވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

އަސާސީ ކާބޯތަކެތީގެ 26 ބާވަތެއް ހެޔޮ އަގުގައި އެސްޓީއޯ މެދުވެރިކޮށް ލިބޭނެ: އިކޮނޮމިކް މިނިސްޓްރީ
16 މިނިޓު ކުރިން

ރޯދަމަހުގެ ފަހު 15 ގައި އުމްރާއަށް ދިއުމަށް ހައްޖުކޯޕަރޭޝަނުން ހުޅުވާލައިފި
38 މިނިޓު ކުރިން

ފެނަކައިގެ ކުރީގެ އެމްޑީ ސައީދު ގޭބަންދަށް ބަދަލުކޮށްފި
38 މިނިޓު ކުރިން

ކުޑަ ކުއްޖަކަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)