އަލިފާނުގެ ހާދިސާ އާއި ގުޅިގެން އިންތިހާބުގެ އެއްވެސް ކަމަކަށް ހުރަހެއް ނޭޅޭނެ: އީސީ

މުޙައްމަދު ފަޟްލޫން - 19 މާރިޗު 2026 - 14:22
އަލިފާނު ހާދިސާގެ ސަބަބުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ އެއްވެސް ކަމަކަށް ބުރުލެއް ނާރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އަލިފާނުގެ ހާދިސާ ހިނގީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބު އަދި ހިޔާލު ހޯދުމުގެ ވޯޓަށް އީސީން އިދާރީ ހުރިހާ މަސައްކަތެއް ކުރާ، ކުރީގެ ޑްރަގް ކޯޓާ ޖެހިގެން ހުރި ގުދަނެއްގަ އެވެ.
އެމްއެންޑީއެފްގެ ފަޔާފައިޓަރުން ރޭ ވަނީ އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފަ އެވެ.
އީސީގެ ރައީސް މުހައްމަދު ޒާހިދު މީޑިއާތަކަށް ވިދާޅުވީ އެ ތިން އިންތިހާބަށް އެ ކޮމިޝަނުން ވަމުން އަންނަ ތައްޔާރީތަކަށް މި އަލިފާނުގެ ހާދިސާގެ ސަބަބުން އެއްވެސް ބުރޫއެއް ނާރާނެ ކަމަށެވެ.
މިވަގުތު އީސީ އިން ކުރަމުން އަންނަ އެންމެ މުހިންމު މަސައްކަތަކީ ފައިނަލް ވޯޓާސް ރަޖިސްޓްރީގައި ކެންޑިޑޭޓުން ސޮއިކުރުމެވެ.
ރޭ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ މަސައްކަތް މެދުކަނޑާލަން ޖެހުނެވެ.
ނަމަވެސް، ފައިނަލް ވޯޓާސް ރަޖިސްޓްރީގައި ކެންޑިޑޭޓުން ސޮއިކުރުމުގެ ކަންކަން ހަމަ ކުރިން ކަނޑައަޅާފައި އޮތް ގަޑިތަކުގައި ސޯޝަލް ސެންޓަރުގައި މިއަދުން ފެށިގެން އަލުން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒާހިދު ވިދާޅުވީ އިންތިހާބާ ބެހޭ މަރުކަޒާ މިހާރު ހުރި އިމާރާތަށް ވަނުމުގެ ހުއްދަ އެމްއެންޑީއެފުން ދެންދެކަށް އެ ކޮމިޝަނުގެ މަސައްކަތްތައް މިއަދުން ފެށިގެން ވަގުތީ ގޮތުން ކުރިއަށް ގެންދާނީ ސޯޝަލް ސެންޓަރުގައި ކަމަށެވެ.
ސޯޝަލް ސެންޓަރަށް ހުރިހާ ސެޓަޕެއް ރޭ ގެންގޮސް، މިއަދު ހިދުމަތް ދެވޭ ވަރަށް ތައްޔާރުވެވޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯޓާސް ލިސްޓުގައި ސޮއިކުރަން އިތުރު 1 ދުވަސް ދީފި
ގަޑިއިރެއް ކުރިން

2 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަކު އައްޑޫ އިން ހައްޔަރުކޮށްފި
ގަޑިއިރެއް ކުރިން

އީދު ހަވީރުގައި އެމްއެންޑީއެފްގެ ސްޓޯލްތައް މާލޭގެ 4 ސަރަހައްދެއްގައި ހުންނާނެ
5 ގަޑިއިރު ކުރިން

އީދު އުފާ ކުރިމަތިވާއިރު, މުސްލިމުންނަށް ގަދަރާއި ހައިބަތު ދެއްވުމަށް ރައީސް އެދިވަޑައިގެންފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)