
މޯހަން (ކ) ވިކްޓަރީއަށް ސޮއިކުރަނީ... ފޮޓޯ: ވިކްޓަރީ ސްޕޯޓްސް ކުލަބު
ވިކްޓަރީ ސްޕޯޓްސް ކުލަބު ކޯޗުކަމުގެ މަގާމަށް މޯހަން

ހަސަން ޝަމްއޫން - 28 ފެބްރުއަރީ 2026 - 21:36
ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުލަބު ކަމަވާ ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗަކަށް ޔުއެފާ ޕްރޯ ލައިސަންސް ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން) ހަމަޖައްސައިފިއެވެ.
މިސީޒަނުގެ ދިވެހި ޕްރިމިއާ ލީގާއި ޕްރެޒިޑެންޓްސް ކަޕްގައި ވިކްޓްރީ އަށް އިރުޝާދުދިން، ސްލޮވާކިއާގެ ޔުއެފާ ޕްރޯ ލައިސަންސް ކޯޗު، ޖޯޖްލީ ގެރީ ޕްރެޒިޑެންޓްސް ކަޕަށް ފަހު އެޓީމާއި ވަކިވެފައިވާއިރު، މޯހަން އެޓީމައި ހަވާލުވެފައި ވަނީ އަންނަ ސީޒަނުގެ ނިޔަލަށެވެ.
ޖޯޖްލީގެ ކޯޗުކަމުގައި ވިކްޓަރީ ވަނީ ދިވެހި ޕްރިމިއާ ލީގުގެ ހަ ހޯދުމުގެ އިތުރުން ޕްލޭއޮފްގައި ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދާފައެވެ. ނަމަވެސް، ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ބުރު ސްޕޯޓްސް ކްލަބް އަތުން ބަލިވެ، އެޓީމު ވަނީ މުބާރާތުން ކަޓާފަ އެވެ.
މީގެ އިތުރުން ވިކްޓަރީ އާއި ހަވާލުވި މޯހަން އަކީ ރާއްޖެ އިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 2008 ވަަނަ އަހަރު ކާމިޔާބުކުރި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެވެ. އަދި މިދިޔަ އަހަރު ސްރީ ލަންކާ ބަލިކޮށްފައި، ރާއްޖޭން ސައުތު އޭޝިއަން ސުޕަ ކަޕްގެ ތަށި އުފުލާލީ މޯހަންގެ ހެޑް ކޯޗުކަމުގައެވެ.
މީގެ ކުރިން ރާއްޖޭ ބޮޑެތި ގިނަ ކުލަބުތަކަކަށް އިރުޝާދުދީފައިވާ މޯހަން ވަނީ ނިއުރޭޑިއަންޑް ސްޕޯޓްސް ކުލަބާއި ކުލަބު ވެލެންސިއާ، ކުލަބު އީގަލްސް، މާޒިޔާ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ދ. ކުޑަހުވަދޫ ފުޓްބޯޅަ ޓީމާއި މަހިބަދޫ ސްޕޯޓްސް ކްލަބަށް ހެޑް ކޯޗެއްގެ ގޮތުގައި އިރުޝާދުދީފަ އެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ތަފާތުބޮޑު ނަތީޖާއަކުން ބުލޫ ސްޕޯޓްސް ކުލަބު ބަލިކޮށް ނިއު ފައިނަލުން ޖާގަ ހޯދައިފި
9 ގަޑިއިރު ކުރިން

ވިކްޓަރީ ސްޕޯޓްސް ކުލަބު ކަޓުވާލުމަށްފަހު ޓީސީ އެފްއޭކަޕް ސެމީއަށް
4 ދުވަސް ކުރިން

ފަސޭހަކަމާއެކު އޮޑިބަލިކޮށް ނިއުރޭޑިއަންޓް އެފްއޭކަޕް ސެމީފައިނަލުން ޖާގަ ހޯދައިފި
5 ދުވަސް ކުރިން

ބުލޫ ސްޕޯޓްސް ކުލަބު އަތުން ބަލިވެ އީގަލްސް އެފްއޭކަޕް ކުއާޓާ ފައިނަލުން ކަޓައިފި
5 ދުވަސް ކުރިން


.gif&w=3840&q=75)