.jpg&w=3840&q=75)
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ބުލޫ ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން..
ތަފާތުބޮޑު ނަތީޖާއަކުން ބުލޫ ސްޕޯޓްސް ކުލަބު ބަލިކޮށް ނިއު ފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން - 15 އޭޕްރީލު 2026 - 14:49
މިހާރު ކުރިއަށްދާ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލް ފުރަތަމަ މެޗުގައި މިއަދު ހަވީރު ބުލޫ ސްޕޯޓްސް ކުލަބާއި ވާދަކޮށް ފަސޭހަކަމާއެކު 6-0 ގެ ނަތީޖާއަކުން މޮޅުވެ އެފްއޭކަޕްގެ އެންމެ ކާމިޔާބު ޓީމު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ތިންވަނަ ޑިވިޝަންގެ ބުލޫ ސްޕޯޓްސް ކުލަބު މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ކުލަބު އީގަލްސް އާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކުރިހޯދައިގެންނެވެ. އަދި 12 ފަހަރަށް އެފްއޭކަޕް ކާމިޔާބުކޮށްފައިވާ ނިއުރޭޑިއަންޑް ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި މިއަހަރުގެ ގައުމީ މުބާރާތް ކާމިޔާބުކުރި އޮޑި ސްޕޯޓްސް ކުލަބު 4-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ނިއުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 5-0 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ބުލޫ ސްޕޯޓްސް ކުލަބު އެކުލަބު ދިފާއު ރަނގަޅު ކުރި ނަމަވެސް މިހާފުގައި ވެސް ނިއު އިން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ނިއުގެ އަލީ ފާސިރު (ސެންޓޭ) ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ އަލް ހާޖީ ގޭރޯ ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ ހަސަން ރާއިފް އަހުމަދު އަދި އަބްދުﷲ ބިލިޓީ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖް: ޑްރޮޕްނީ ޑިވިޝަންގެ ޗެމްޕިއަންކަން ޚުޝްރުވާން ދިފާއުކޮށްފި
މަހެއް ކުރިން

ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖް: އެންމެ ފަހުގެ ޗެމްޕިއަން އިޔަން ބަލިކޮށް ނޫހް ޖޫނިއާ ފިރިހެން ޑިވިޝަން ޗެމްޕިއަންކަން ހޯދައިފި
2 މަސް ކުރިން

ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖް: މެންސް އޯޕަން ޗެމްޕިއަންކަން އާމިން ހޯދައިފި
2 މަސް ކުރިން

ޓީސީ ބަލިކޮށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އެފްއޭ ކަޕް ކާމިޔާބުކޮށްފި
2 މަސް ކުރިން


.gif&w=3840&q=75)