logo
ނޫހް ޖޫނިއަރ ކެޓަގެރީގެ ޗެމްޕިއަންކަން ހޯދުމަށްފަހު އުފާފާޅުކުރަނި.. ފޮޓޯ: ވަން ސްޕޯޓްސް

ނޫހް ޖޫނިއަރ ކެޓަގެރީގެ ޗެމްޕިއަންކަން ހޯދުމަށްފަހު އުފާފާޅުކުރަނި.. ފޮޓޯ: ވަން ސްޕޯޓްސް

ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖް: އެންމެ ފަހުގެ ޗެމްޕިއަން އިޔަން ބަލިކޮށް ނޫހް ޖޫނިއާ ފިރިހެން ޑިވިޝަން ޗެމްޕިއަންކަން ހޯދައިފި

profile

ހަސަން ޝަމްއޫން - 29 އޭޕްރީލު 2026 - 07:23

މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމްކޮށްގެން މިހާރު ކުރިއަށް ގެންދާ، "ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖް 2026" ގެ ޖޫނިއާ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން، ނޫހް މުހައްމަދު ދުނެއިމް އިރުޝާދު ކާމިޔާބުކޮށްފިއެވެ.

https://wamco.com.mv/

މުބާރާތުގެ ފައިނަލުން ނޫހް ޖާގަހޯދީ ސެމީފައިނަލް ފުރަތަމަ ހީޓުގައި ދާއިން އަބްދުލް ފައްތާހް ބަލިކުރުމަށްފަހު އެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން އިޔަން ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލް ދެވަނަ ހީޓުގައި އަހުމަދު ޖިވާއު ޖިހާދު ބަލިކުރުމަށްފަހު އެވެ. މިއީ ބޮޑީބޯޑިން ލީގުގައި ނޫހް ޖޫނިއާ ކެޓަގަރީގެ އިވެންޓެއްގެ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ މެންސް އޯޕަން ކެޓަގެރީގެ ކުއާޓާ ފައިނަލްގައި ވެސް މިދެ އެތްލީޓުން ވާދަކޮށްފައިވާއިރު، އެފަހަރު ކުރިހޯދީ އިޔަން އެވެ.

އަންގާރަ ދުވަހު ކުރިއަށްދިޔަ މުބާރާތުގެ ޖުނިއާރ ފިރިހެން ޑިވިޝަންގެ ފައިނަލް ހީޓް ނޫހް ކާމިޔާބުކުރީ، އެންމެ ފަހުގެ ޗެމްޕިއަން އިޔަން އަހުމަދާއި ވާދަކޮށް 5.46 އިންޓްގެ ތަފާތަކުން ކުރިހޯދާފައެވެ. އެގޮތުން ފައިނަލް ހީޓުގައި ނޫހް ޖުމްލަ 12.16 ޕޮއިންޓް ހޯދިއިރު، އިޔަންއަށް ހޯދިފައިވަނީ ޖުމްލަ 6.70 ޕޮއިންޓެވެ.

ފައިނަލް ހީޓުގައި ނޫހް ނުވަ ރާޅުގައި އެޅިއިރު، އޭގެތެރެއިން އެންމެ މަތިން ސްކޯކުރީ ތިނެއް އަދި ހަތްވަަނަ ރާޅުގައެވެ. އެގޮތުން ތިންވަނަ ރާޅުގައި 5.93 ޕޮއިންޓް ހޯދިއިރު، ހަތްވަނަ ރާޅުގައި ނޫހް ވަނީ 6.33 ޕޮއިންޓް ސްކޯކޮށްފައެވެ. އަދި ފައިނަލް ހީޓުގައި އިޔަން ހަތަރު ރާޅުގައި އެޅިއިރު، އޭނާ އެންމެ މަތިން ސްކޯކުރީ ފުރަތަމަ ތިންވަނަ ރާޅާއި ހަތަރުވަނަ ރާޅުގައެވެ. އެގޮތުން ތިންވަނަ ރާޅުގައި 1.87 ޕޮއިންޓް ސްކޯކުރިއިރު، ހަތަރުވަނަ ރާޅުގައި އިޔަންއަށް ސްކޯކުރެވުނީ 4.83 ޕޮއިންޓެވެ.

27 އެޕްރީލް 2026 އިން 1 މެއި 2026 ގެ ނިޔަލަށް މާލޭ ސިޓީ ވަރުނުލާ ރާޅުގަނޑު ސާފް ޕޮއިންޓްގައި ބާއްވާ މިމުބާރާތަކީ މޯލްޑިވްސް ނެޝަނަލް ބޮޑީބޯޑިން ލީގް (އެމްއެންބީއެލް) 2026 ގެ ސީޒަން ފެށުމުގެގޮތުން ބާއްވާ ފުރަތަމަ އިވެންޓެވެ. އަދި ހަތަރު ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި އިވެންޓްގައި ޖުމްލަ 35 ބައިވެރިން އަންނަނީ ވާދަކުރަމުންނެވެ. މިއަހަރުގެ މުބާރާތުގެ މެންސް އޯޕަން ޑިވިޝަނުގައި 21 އެތްލީޓުން ވާދަކުރާއިރު، ޖޫނިއާރ މެންސް ޑިވިޝަނުގައި އަށް އެތްލީޓުން، ޑްރޮޕްނީ ޑިވިޝަންގައި ނުވަ އެތްލީޓުން އަދި ޖޫނިއާރ އަންހެން ޑިވިޝަންގައި 10 އެތްލީޓުން ވަނީ ބައިވެރިވެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk