
އަލީ ފާސިރު..ފޮޓޯ: އެފްއޭމް
ޓީސީ ބަލިކޮށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އެފްއޭ ކަޕް ކާމިޔާބުކޮށްފި

ހަސަން ޝަމްއޫން - 18 އޭޕްރީލު 2026 - 18:37
ދިވެހި ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއްކުލަބު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ނުވަ އަހަަރަށް ފަހު ފުރަތަމަ ފަހަރަށް އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި މިރޭ ކުޅުނު އެފްއޭކަޕްގެ ފައިނަލުގައި ޓީސީ ސްޕޯޓްސް ކުލަބާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް މޮޅުވިއިރު މިއީ އެފްއޭކަޕްގެ ޗެމްޕިއަންކަން އެޓީމުން ހޯދި 13 ވަނަ ފަހަރެވެ. އަދި އެޓީމު އެންމެ ފަހުން މިމުބާރާތް ކާމިޔާބުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޓީސީ ސްޕޯޓްސް ބަލިކުރުމަށްފަހު އެވެ.
މިއަހަރުގެ މުބާރާތުގެ ފައިނަލުން ނިއުރޭޑިއަންޓް ޖާގަ ހޯދީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ތިންވަނަ ޑިވިޝަންގެ ބުލޫ ސްޕޯޓްސް ކުލަބު 7-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި ޓީސީ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލްގެ ދެވަނަ މެޗުގައި މާޒިޔާ އާއި ވާދަކޮށް ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން މެޗު ޑޮމިނޭޓްކުރިއިރު. އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެވެ. މިއީ މިމުބާރާތުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި އޭނާ ކާމިޔާބުކުރި ހަތްވަނަ ލަނޑެވެ.
ނިއުރޭޑިއަންޓުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނައިޖީރިއާ ފޯވާޑް އަލްހާޖީ ގޭރޯ އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ނިއު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ޓީސީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، މެޗުގެ 56 ވަނަ މިނެޓުގައި އެޓީމުގެ ޖިމޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މިމެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ކާމިޔާބުކުރި ތިންވަނަ ލަނޑު ފަހުހާފުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގޭރޯ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ނިއުރޭޑިއަންޓް ކުރީގައި އޮވެގެންނެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ތަފާތުބޮޑު ނަތީޖާއަކުން ބުލޫ ސްޕޯޓްސް ކުލަބު ބަލިކޮށް ނިއު ފައިނަލުން ޖާގަ ހޯދައިފި
3 ދުވަސް ކުރިން

ވިކްޓަރީ ސްޕޯޓްސް ކުލަބު ކަޓުވާލުމަށްފަހު ޓީސީ އެފްއޭކަޕް ސެމީއަށް
7 ދުވަސް ކުރިން

ފަސޭހަކަމާއެކު އޮޑިބަލިކޮށް ނިއުރޭޑިއަންޓް އެފްއޭކަޕް ސެމީފައިނަލުން ޖާގަ ހޯދައިފި
8 ދުވަސް ކުރިން

ބުލޫ ސްޕޯޓްސް ކުލަބު އަތުން ބަލިވެ އީގަލްސް އެފްއޭކަޕް ކުއާޓާ ފައިނަލުން ކަޓައިފި
8 ދުވަސް ކުރިން


.gif&w=3840&q=75)