logo
ކުލަބު އީގަލްސް އާއި ބުލޫ ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: މިހާރު

ކުލަބު އީގަލްސް އާއި ބުލޫ ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: މިހާރު

ބުލޫ ސްޕޯޓްސް ކުލަބު އަތުން ބަލިވެ އީގަލްސް އެފްއޭކަޕް ކުއާޓާ ފައިނަލުން ކަޓައިފި

profile

ހަސަން ޝަމްއޫން - 10 އޭޕްރީލު 2026 - 15:23

އެފްއޭކަޕް ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބުލޫ ސްޕޯޓްސް ކުލަބާއި ވާދަކޮށް 2-2 ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-3 ގެ ނަތީޖާއަކުން ބަލިވެ ކުލަބް އީގަލްސް މުބާރާތުން ކަޓައިފިއެވެ.

https://wamco.com.mv/

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ބުލޫ ސްޕޯޓްސް ކުލަބުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު ފާލިހް ލަމްރަތު އެވެ.

އީގަލްސް އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އިސްމާއިލް އީސާ އެވެ. އަދި އޭގެ ފަސް މިނެޓް ފަހުން އެޓީމުގެ ޒައިން ޒަފަރު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި އީގަލްސްއަށް ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފައެވެ.

މިލަނޑާއެކު 2-1 ގެ ނަތީޖާއަކުން އީގަލްސް ކުރީގައި އޮވެގެން މެޗު ނިމެންދަނިކޮށް ބުލޫ ސްޕޯޓްސް ކުލަބުން ނަތީޖާ އެއްވަރުކުރީ މެޗުގެ 85 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ އިޔާދު މުހައްމަދު އެވެ. އަދި މިލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މިއާއެކު މެޗު ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ބުލޫ ސްޕޯޓްސް ކުލަބުގެ ފަސް ޕެނަލްޓީގެ ތެރެއިން، ހަތަރު ޕެނަލްޓީ އެޓީމުން ކާމިޔާބުކުރިއިރު، އީގަލްސްގެ ފަސް ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީއެވެ. އީގަލްސްގެ އިސްމާއިލް އީސަ ކުރިއަށް ފޮނުވާލު ޕެނަލްޓީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، އެޓީމުގެ ޒައިން ކުރިއަށް ފޮނުވާލި ޕެނަލްޓީ ބުލޫގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މުބާރާތުގެ ސެމީފައިނަލުގައި ބުލޫ ސްޕޯޓްސް ކުލަބުން ނުކުންނާނީ މިރޭ ކުޅޭ ކުއާޓާ ފައިނަލް ދެވަނަ މެޗުގައި ނިއުރޭޑިއަންޑް ސްޕޯޓްސް ކުލަބާއި އޮޑި ސްޕޯޓްސް ކުލަބު ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk