
ނޭމާއާއެކު ވެފައިވާ އެއްބަސްވުން އަލް ހިލާލްއިން ނިމުމަކަށް ގެނެސްފި

މުހައްމަދު ޞާދިޤް - 28 ޖެނުއަރީ 2025 - 05:56
ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ މަޤާމްގައި މިވަގުތުހުރި ބްރެޒިލްގެ ނޭމާއާއި ސައުދި އަރަބިއާގެ އަލް ހިލާލްއާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފިއެވެ.
އަނިޔާގެ ސަބަބުން މިހާރު ވަރަށް މަދުން ދަނޑުމަތިން ފެންނަ ނޭމާ އޭނާގެ އެއްބަސްވުން ނިމުމަކަށް ގެނައީ ޓީމްގެ މެނޭޖްމަންޓާ ވާހަކަ ދެއްކުމަށްފަހު ދެފަރާތުން އެއްބަސްވި ގޮތަށެވެ. 32 އަހަރުގެ ބްރެޒިލް ފޯވަޑް އަލް އަހްލީއަށް 2023ވަނަ އަހަރު ގެންދިޔައީ 90 މިލިއަން ޔޫރޯއަށެވެ. ނަމަވެސް އަނިޔާގެ ފަހުންވެސް ނޭމާއަށް ކުޅެވިފައިވަނީ ޖުމްލަ 7 މެޗެވެ. އެޓީމް ފަހުން ކުޅުނު ގިނަ މެޗްތަކުގައިވެސް ނޭމާ ކުޅެފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. ނޭމާގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވީ 2023ވަަނަ އަހަރުގެ އޮކްޓޯބަރ މަހު ވޯލްޑްކަޕް ކޮލިފައިންގައި އުރުގުއޭއާ ބްރެޒިލް ބައްދަލުކުރި މެޗްގައެވެ. އޭގެފަހުން ލީގުގައި ކުޅުނު މެޗެއްގައި ފައިގެ ފަލަމަސްގަނޑަށްވެސް ވަނީ އަނިޔާވެފައެވެ.
ނޭމާގެ އެއްބަސްވުން ނިމުމަކަށް ގެނައި ިއރު އެއްބަސްވުމުގެ އަސްލު މުއްދަތު ހަމަވާން ބާކީ 7 މަސްދުވަސް އެބައޮތެވެ. އޭނާ އަލް ހިލާލާ ގުޅުނީ 2 އަހަރުދުވަހުގެ އެއްބަސްވުމެއްގައެވެ. ނޭމާގެ އެއްބަސްވުން ނިމުމަކަށް ގެނައުމާއެކު އަލްހިލާލުންވަނީ ނޭމާ އެޓީމްގައި ކޮށްދިން މަސައްކަތަށް ޝުކުރުއަދާކޮށް ކުރިމަގުގައި ކާމިޔާބަށް އެދޭކަމަށްބުނެފައެވެ.
މަޢުލޫމާތު ލިބޭގޮތުގައި ނޭމާ ދެން ގުޅުން އެންމެ ގާތީ އޭނާ އެންމެ ފުރަތަމަ ކުޅުނު ކްލަބް ކަމަށްވާ ބްރެޒިލްގެ ސަންތޯސްއާއެވެ. އޭނާވަނީ އަލް ހިލާލްއާ ގުޅުމުގެ ކުރިން ބާސެލޯނާއަށާއި ޕީއެސްޖީއަށް ގިނަ މެޗްތަކެއް ކުޅެދީ ގިނަ ލަނޑުތަކެއް އެޓީމްތަކަށް ކާމިޔާބުކޮށްދީފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބެންޒެމާ، އަލް ހިލާލްއަށް ކުޅުނު ފުރަތަމަ މެޗުގައި ވެސް ހެޓްރިކް ހަދައިފި
މަހެއް ކުރިން

ޗެންޕިއަން އިއްތިހާދު ބަލިކޮށް އަލް ހިލާލް ތިންވަނައަށް
5 މަސް ކުރިން

ކުލަބު ވޯލްޑްކަޕް: އަލް ހިލާލް އަތުން ބަލިވެ މެންޗެސްޓާ ސިޓީ މުބާރާތުން ކަޓައިފި
8 މަސް ކުރިން

ކުލަބު ވޯލްޑްކަޕް: އަލް ހިލާލުން ރެއާލް މެޑްރިޑް މޮޅުވިޔަނުދީ ހިފަހައްޓައިފި
9 މަސް ކުރިން


.gif&w=3840&q=75)