logo

ހިމާޔަތްކޮށްފައިވާ 96 ސަރަހައްދެއް، ރަނގަޅަށް ބެލެހެއްޓެނީ 5 ތަން

profile

މަރްޔަމް އުމްނާ އިސްމާޢީލް - 21 އޮކްޓޯބަރު 2024 - 12:45

މިނިސްޓަރު ތޯރިގް ލ. ގަމުގެ ބޮޑަ ފެންގަނޑަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން

މިނިސްޓަރު ތޯރިގް ލ. ގަމުގެ ބޮޑަ ފެންގަނޑަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން

ރާއްޖޭގެ 96 ސަރަހައްދެއް ހިމާޔަތްކޮށްފައި ވިޔަސް، އޭގެ ތެރެއިން ރަނގަޅަށް ބެލެހެއްޓެނީ އެންމެ 5 ސަރަހައްދު ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެހާ މަދު ސަރަހައްދުތަކެއް މިހާރު ބެލެހެއްޓުނު ނަމަވެސް އަމާޒަކީ ކުރިއަށް އޮތްތަނުގައި ވީހާވެސް ގިނަ ތަންތަން ބެލެހެއްޓޭނެ ޕްލޭނެއް އެކުލަވާލައިގެން މެނޭޖްކުރުން ކަމަށެވެ. އެގޮތުން އެންމެ ބޮޑު އަމާޒަކީ، އެތަންތަނަކީ ނަފާ ހޯދޭނެ ތަންތަނަށް ހެދުން ކަމަށް ވިދާޅުވިއެވެ.

"އެހެންވީމަ މިހާރު މިއޮތް 5 ތަނުގެ އިތުރަށް ވީހާވެސް ގިނަ ތަންތަން މެނޭޖްކޮށް އެތަންތަނުން ނަފާ ލިބޭނެ ތަންތަނަށް ހަދަން. އެގޮތުން މިހާރުވެސް މިވަގުތުވެސް އަޅުގަނޑުމެން މިދަނީ ޓްރެއިނިންއާއި އެކަމަށް ބޭނުންވާ ފައިސާ ހޯދަމުން. ފައިސާ ވެސް ލިބެމުންދޭ: ވަޒީރު

ރާއްޖޭގެ ގުދުރަތީ ރައުސްމާލު ހިސާބުކިތާބުކުރުމުގެ މަސައްކަތް މިހާރު ލ. އަތޮޅުގައި ދަނީ ކުރެވެމުންނެވެ.

"އެންދެރި ޕްރޮޖެކްޓު" ގެ ނަމުގައި ހިންގާ މި މަޝްރޫއު މުޅި ރާއްޖެއަށް ފުޅާކުރުމަށް ހަމަޖެހިފައިވާއިރު މި މަޝްރޫއުގެ ދަށުން ލ. އަތޮޅުގެ މުރަކަ ފަރުތަކާއި، މޫދު ވިނައާއި، ޗަސްބިންތަކުގެ މިންވަރާއި ފެންވަރު ބެލުމުގެ ދިރާސާތަކެއް ވަނީ ކުރެވިފައެވެ.

އެ ދިރާސާތަކުގެ ނަތީޖާ އާންމު ކުރުމަށާއި އެ ކަމާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކަށް ދޭންޖެހޭ ތަމްރީން ދިނުމަށްޓަކައި ޔޫއެންއެސްޑަބްލިއުގެ ޓީމެއް އަންނަ ނޮވެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

https://wamco.com.mv/
tel:+9607331319