logo

ފުވައްމުލައް ސިޓީގައި ވާލުގެ އުނދަގޫ ބޮޑުވެ ބަޑިޖަހައިގެން ވައު މަރަނީ

profile

ޒިދާން މުޙައްމަދު - 30 ސެޕްޓެމްބަރު 2024 - 13:44

ފުވައްމުލައް ސިޓީގައި ވަާލުގެ އުނދަގޫ ބޮޑުވެ، ވައު މަދުކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ސިޓީ ކައުންސިލުން ފަށައިފިއެވެ.

މި ޕްރޮގްރާމުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ޕޯސްޓުގައި މަސައްކަތްކުރާ ސިފައިންނެވެ.

ފުވައްމުލައް ސިޓީގައި ވައު ގިނަވެ އޭގެ ސަބަބުން ދަނޑުބިންތަކަށާއި ގަސްތަކަށް ގެއްލުންވުމުގެ އިތުރުން ރަށުގެ އެކި ހިސާބުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ވެސް އެކި ވަރުގެ އުނދަގޫތަކާ ކުރިމަތިވާކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެގޮތުން، އެ ރަށުގެ އަނބުގަސްތަކުގައި އަޅާ އަނބުތައް ކާ މައްސަލަ ވެސް ބޮޑެވެ. ފުވައްމުލަކަކީ އަނބު ހެއްދުމުގައި މަޝްހޫރު ރަށެކެވެ.

ފުވައްމުލައް ސީޓިއަކީ، ދަނޑުވެރިކަން ކުރާ ސިޓީއަކަށްވުމުން ވައު ގިނަވުމުގެ ސަބަބުން އޭގެ އެންމެ ބޮޑު އުނދަގޫ ފޯރާނީ ދަނޑުވެރިންނަށެވެ.

ކައުންސިލުން ބުނެފައިވާ ގޮތުގައި ފުވައްމުލަކުގެ އެކި ސަރަހައްދުތަކުގެ ދަނޑުވެރިންނާއި ގޭގޭގައި ހުންނަ ގަސްތަކަށް ވާލުގެ އުނދަގޫ ވަރަށް ބޮޑެވެ.

ބަޑިޖަހައިގެން ވައު މެރުމަކީ ސިފައިން މީގެކުރިންވެސް ކޮށް އުޅޭ ކަމެކެވެ. މިފަދަ އޮޕަރޭޝަންތައް ރާއްޖޭގެ ބައެއް ރަށްރަށުގައި މީގެ ކުރިންވެސް ކުރިއަށް ގެންދެއެވެ.

https://wamco.com.mv/
tel:+9607331319