logo

މިދިޔަ ހަފްތާގައި 37 މެޑިކަލް އިވެކުއޭޝަން ހަދައިދީފި

profile

އާމިނަތު ޝަފާ - 21 ސެޕްޓެމްބަރު 2024 - 12:10

ސީ އެމްބިއުލަންސްގެ ހިދުމަތް މުޅި ރާއްޖޭގައި ދަނީ ފޯރުކޮށްދެމުން

ސީ އެމްބިއުލަންސްގެ ހިދުމަތް މުޅި ރާއްޖޭގައި ދަނީ ފޯރުކޮށްދެމުން

މިދިޔަ ހަފްތާގައި އެކަނިވެސް ޞިއްޙީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމުގެ 37 މެޑިކަލް އިވެކުއޭޝަން ހަދައިދީފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ މީގެ ތެރޭގައި ހިމެނެނީ އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުން ސީ އެމްބިއުލާންސްތަކުގައި ކުރި 36 ދަތުރާއި އެމްއެންޑީއެފް އެއަރ ކޯރއިން ވައިގެ މަގުން ކުރި 1 ދަތުރެވެ.

ސަރުކާރުން އެއާ އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދެނީ އައިލެންޑް އޭވިއޭޝަނާއި ސިއްހީ ވުޒާރާއާއި އާސަންދަ އަދި އެންސްޕާގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެންނެވެ.

އެ ހިދުމަތަށް ޑޭޝް8 ގެ ބޯޓަކާއި ސީޕްލޭނެއް އަންނަނީ ބޭނުން ކުރަމުންނެވެ. އަދި މިކަމަށް ހާއްސަކޮށް 15 މުވައްޒަފުން ސަރުކާރުންވަނީ ތަމްރީނު ކޮށްފައެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންވެސް ހިމެނެއެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތަކީ ކުއްލި ހާލަތުގައި ބަލިމީހުން އެއް ތަނުން އަނެއް އުފުލަން ފެށި ހިދުމަތެކެވެ.

ރާއްޖޭގެ އެކި ހިސާބުތަކުން ބަލިމީހުންނަށް ލިބެންޖެހޭ ‏‏ފަރުވާ ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށާއި ވަގުތުން ފަރުވާ ފޯރުވައިދިނުމުގެ ނިޒާމެއް ‏‏ރާއްޖޭގައި ގާއިމުކުރުމަށް އެންމެ ފުރަތަމަ ފެށީ ސީ އެމްބިއުލަންސްގެ ހިދުމަތެވެ.

tel:+9607331319